ޖަރުމަންވިލާތުގެ އެންމެ ޒަމާނީ ލެޕާޑް ޓޭންކެއް ދައްކާލަނީ

ދުނިޔެ

ޖަރުމަންވިލާތުން ޔޫކްރޭނަށް ފައިޓާޖެޓްތައް ނުފޮނުވާނެކަމަށް އެގައުމުގެ ޗާންސެލަރ ވިދާޅުވެއްޖެ

އަލީ އަޒްޔަން - ޔޫރަޕް | 30 ޖެނުއަރީ 2023 , ހޯމަ 07:45   307

ޖަރުމަނުގެ ޗާންސެލަރު ވަނީ ޓެންކްތައް ފޯރުކޮށްދިނުމަށް ވައުދުވެވަޑައިގެންނެވިތާ ހިނދުކޮޅެއްގެތެރޭގައި ތެރޭގައި ޔޫކްރޭނަށް ފަޔަރ ޖެޓްތައް ފޮނުއްވުން ދެކޮޅު ހައްދަވާފައެވެ.

ޖަރުމަނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އޮލަފް ޝޮލްޒް ވަނީ ހަނގުރާމަ އިތުރު ހަރުފަތަކަށް ނުގެންދިއުމަށް ބޭނުންވާކަމަށް ބުނެފައެެވ.

އެކަމަކު ޔޫކްރޭނުން ވަނީ އެކުވެރި ގައުމުތަކުގެ ގާބިލްކަން އިތުރަށް ވަރުގަދަ ކުރުމަށް "ފައިޓަރ ޖެޓް ކޯލިޝަނެއް" އުފެއްދުމަށް އެދިފަ އެވެ.

އެމެރިކާއިން ބުނީ ޖެޓްތައް ސަޕްލައި ކުރުމުގެ ޚިޔާލާއި މެދު "ވަރަށް ފަރުވާތެރިކަމާއެކު" ކިއެވްއާ އެކު ބުރާސްފަތި ދުވަހު މަޝްވަރާ ކުރާނެ ކަމަށެވެ.

ޓެގޭސްޕީގަލް އަށް ދިން އިންޓަވިއުއެއްގައި މިސްޓަރ ޝޮލްޒް ވިދާޅުވީ އޭނާގެ ފޯކަސް ހުރީ ޖަރުމަނުގައި އުފައްދާފައިވާ ލިއޮޕާޑް 2 ޓޭންކްތައް ޑެލިވަރީ ކުރުމަށެވެ.

"އަހަރެމެން ދެންމެ ނިންމާފައި އޮތީ [ޓޭންކް ފޮނުވުމާ މެދު] އަދި ދެން އޮންނަ ބަހުސް ޖަރުމަނުގައި ފަޔަރ އަޕް ކުރަމުންދާ ކަމުގެ ހަގީގަތް، އެއީ ހަމަ ކުޑަކުޑަ ކަމެއް ކަމަށް ފެނޭ،" އޭނާ ވިދާޅުވި އެވެ.

ބުދަ ދުވަހު ޖަރުމަނުން ވަނީ އެގައުމުގެ ލިއޮޕާޑް 2 ޓޭންކްގެ ތެރެއިން 14 ޓޭންކް ޔޫކްރޭނަށް ފޯރުކޮށްދިނުމަށް ވައުދުވެފަ އެވެ.

މި ޓެންކްތައް ފޮނުވުމަށް ޖަރުމަނުން ވައުދުވުމާ ގުޅިގެން އެމެރިކާއިން ވަނީ އެގައުމުގެ އެމް1 އެބްރަމްސް ޓެންކްތައް ޔޫކްރޭނަށް ފޯރުކޮށްދޭނެ ކަމަށް ބުނެފައެވެ.

ޓެގްސް: ޖަރުމަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.