އައްޑޫ ސިޓީ ކައުންސިލަރ ހުސެން ޒަރީރު

ހަބަރު

30 މިލިއަން ރުފިޔާ ގެ މައްސަލައިގައި ކައުންސިލް ޒިންމާވާންޖެހޭ ތަނެއް ނުފެނޭ : ކައުންސިލަރ ޒަރީރު

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 1 ފެބުރުއަރީ 2023 , ބުދަ 10:52   520

ތިރީސް މިލިއަނަށް ވުރެގިނަ ރުފިޔާއިން އައްޑޫ ކައުންސިލް ޖޫރީމަނާކޮށްފައިވާ މައްސަލައިގައި، އެކައުންސިލުން ޒިންމާވާން ނުޖެހޭނެކަމަށް ކައުންސިލް މެމްބަރ ހުސެން ޒަރީރު ވިދާޅުވެއްޖެއެވެ. އެއީ، ނެރެފައިވާ އަމުރުގައި ރިޢާޔަތްކުރާ ފަދަ ބީޗެއް ހެދުމަށް ކައުންސިލުން ނިންމާފައި ނުވާކަމަށެވެ.

އައްޑޫ ސިޓީ ހިތަދޫ ރުއްޖެހެރަ ސަރަޙައްދުން، ފުއްޓަރާއި ދިމާލުން، ހުއްދަ ހޯދުމެއް ނެތި އަދި އީއައިއޭ އަކާއި ނުލައި ގިނަ ޢަދަދެއްގެ ރުއްތައް ކަނޑައި، ގުދުރަތީ ފަރު ކަނޑައި ތިމާވެއްޓަށް ގެއްލުން ދީފައިވާތީ، އެންވައިރޮންމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވަނީ އައްޑޫ ސިޓީ ކައުންސިލް 30 މިލިއަން ދިވެހި ރުފިޔާ އިން ޖޫރިނަމަނާކޮށް 1 މާޗްގެ ކުރިން އެފައިސާ ދެއްކުމަށް އައްޑޫ ސިޓީކައުންސިލް އަށް އަންގައި އަމުރެއް ނެރެފައެވެ.

އަންގާރަ ދުވަހު ނެރެފައިވާ މިއަމުރާއި ގުޅޭގޮތުން އެކްސްޕްރެސް ނޫހަށް މަޢްލޫމާތު ދެއްވަމުން އައްޑޫ ސިޓީ ހިތަދޫ އަށް ނިސްބަތްވާ ކައުންސިލަރ ހުސެން ޒަރީރު ވިދާޅުވީ، މިމައްސަލައިގައި ތަކުރާކޮށް އެކި ގޮތްގޮތަށް ކަމާއި ގުޅުންހުރި ފަރާތްތަކުގެ ސަމާލުކަމަށް މިމައްސަލަ ގެނައުމަށް މަސައްކަތްކުރެއްވި ކަމަށާއި، ނަމަވެސް އެދެވޭ ޖަވާބެއް ނުދެއްވައި ބައެއް ރަސްމީ ފަރާތްތަކުން އެކަމަށް ތަރުޙީބު ވެސް ދެއްވާފައިވާކަމަށެވެ.

ޒަރީރު އިތުރަށް ވިދާޅުވީ މިފަދަކަންކަމަކީ ނަގަންޖެހޭ ހުއްދަތައް ނަގައި، ފުރިހަމަ ކުރަންޖެހޭ އިޖުރާޢަތުތައް ފުރިހަމަކޮށްގެން ނޫނީ ކައުންސިލަރަކަށް ވިޔަސް ކޮށްގެންވާނެކަންކަމެއް ނޫންކަމަށެވެ. މިހާތަނަށް އައިއިރު ސިޓީ ކައުންސިލުން މިފަދަ ކަމަކާއި ގުޅޭ ނިންމުމެއް ނިންމާފައި ނުވާކަމަށެވެ.

ކައުންސިލަށް ހުށަހެޅިގެން ހިނގައިދިޔަކަމެއް ނޫން. މުޅި ކައުންސިލް މިކަމުގައި ޒިންމާވާންޖެހޭނެ ތަނެއް ނުފެނޭ.

~ ހުސެން ޒަރީރު، އައްޑޫ ސިޓީ ކައުންސިލަރ

ޒަރީރު ވިދާޅުވީ މިމައްސަލައިގައި މުޅި ކައުންސިލް ޒިންމާ އުފުލަންޖެހޭ ސަބަބެއް ނުވިސްނޭކަމަށެވެ. އެއީ ކައުންސިލަށް ހުށަހެޅިގެން ހިނގައިދިޔަކަމަށް ނުވާތީއެވެ.

މަޢްލޫމާތު ލިބިފައިވާގޮތުގައި މިމަސައްކަތަށް ކައުންސިލާ ސަރުކާރުގެ ބައެއް ކުންފުނިތަކުން ވެސް ވެހިކަލާއި މީހުން ބޭނުންކޮށްފައިވެއެވެ.

މިމައްސަލައިގެ އިތުރުން މިފަދަ އެހެން ދެ މައްސަލައެއްވެސް ފެންމަތި ވެފައިވެއެވެ. އެއީ ހިތަދޫ "ރުއްފަށާ" ހުރި ސަރަޙައްދުގައި ހުރި ރުށްތައް ނެގުމާއި، ހިތަދޫ ކުނިކޮށި ސަޙައްދުގައި ބީޗެއްހަދަން ކުރި މަސައްކަތާއި ގުޅޭ މައްސަލަތަކެކެވެ.

ޓެގްސް: އައްޑޫ ސިޓީ ކައުންސިލް އީޕީއޭ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.