ރައީސުލް ޖުމްހޫރިއްޔާ އާއެކު ބައެއް ޝަރަފްވެރި މެހްމާނުން ފޯޓޯއަކަށް ހުއްޓިގެން

ކުޅިވަރު

ކުޅިވަރުގެ ޝަރަފްވެރި އެވޯޑް ހަފްލާ ރައީސުލްޖުމްހޫރިއްޔާ ޝަރަފްވެރިކޮށްދެއްވައިފި

އަލީ އަޒްޔަން - ކ. މާލެ | 18 މާރޗް 2022 , ހުކުރު 22:39   184

މި އަހަރުގެ ކުޅިވަރު އެންމެ ބޮޑު އަދި އެންމެ ޝަރަފްވެރި ޙަފްލާ ރޭ އެކުވެރި ޓްރެކް ސަރަޙައްދުގައި ކުލަގަދަކޮށް ބާއްވައިފިއެވެ.

ދުނިޔޭގެ ނަން މަޝްހޫރު ތަރިން ބައިވެރިވި ގާލާ އަކާއެކު ބޭއްވުނު މިޙަފްލާ ޝަރަފްވެރިކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ އަލްފާޞިލް އިބްރާހިމް މުޙައްމަދު ސޯލިހް އެވެ. އެވޯޑްތައް ބައްސަވައިދެއްވީ ރައީސުލް ޖުމްހޫރިއްޔާގެ އިތުރުން، ނައިބް ރައީސް އަލްފާޞިލް ފައިސަލް ނަޖީބް އާއި، ޑިފެންސް މިނިސްޓަރ އަލްއުސްތާޒާ މާރިއާ އަހުމަދު ދީދީގެ އިތުރުން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ބައެއް ޝަރަފްވެރިންނެވެ.

ޖުމްލަ 108 އެވޯޑް ތަފާތު 18 ކުޅިވަރުން ހޮވާލެވުނު ފަރާތްތަކަށް ދެވުނު އިރު، "ލައިފްޓައިމް އެޗީވްމެންޓް އެވޯޑް" 15 ފަރާތަކަށް އެރުވުނެވެ. އަދި ބޭރުގެ ޝަރަފްވެރިންގެ ތެރެއިން ކުޅިވަރުގެ ރޮގުން ދުނިޔެއަށް ހެޔޮ އިޖްތިމާޢީ ބަދަލު ގެނެސްދެއްވި 16 ފަރާތަކަށް ވެސް "ސްޕޯޓްސް އައިކަން އެވޯޑް" ގެ ނަމުގައި އެވޯޑްތައް އެރުވުނެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.