ޗައިނާގެ އެއާޝިޕް، ޗައިނާއިން ބުނެފައިވަނީ މިއީ ޢާއްމު ފަރާތަކުން ސައިންޓިފިކް ރިސާޗްހެދުމަށް ބޭނުންކުރަމުން ދިޔަ ވައިގެ އުޅަނދެއްކަމަށް

ހަބަރު

އެޓްލާންޓިކް ކަނޑުމަތިން، ޗައިނާގެ އެއާޝިޕް އެމެރިކާއިން ވައްޓާލައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 5 ފެބުރުއަރީ 2023 , އާދީއްތަ 09:41   265

އެޓްލާންޓިކް ކަނޑުމަތިން، ޗައިނާ އަށް ނިސްބަތްވާ ބެލޫނެއްގެ ސިފައިގައި އޮތް ވައިގެ އުޅަނދެއް، އެމެރިކާއިން ވައްޓާލައިފިއެވެ.

އެމެރިކާއިން ވައްޓާލައިފައި މިވަނީ، ޗައިނާއިން އެމެރިކާގެ މުހިއްމު އަސްކަރީ ތަންތަނަށް ޖާސޫސް ކުރަމުން އަންނަ ކަމަށް ބުނެއެވެ.

ޑިޕާޓްމަންޓް އޮފް ޑިފެންސް އިން ވަނީ އެ އެތަނުގެ ފަޔަރ ޖެޓްތަކުން އެމެރިކާގެ ސަރަހައްދީ ކަނޑުގެ މަތިން ބެލޫން ވައްޓާލިކަން ކަށަވަރު ވެސް ކޮށްދީފައެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން އޭގެފަހުން ވަނީ ނުރުހުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި ބުނެފައިވަނީ، "އެމެރިކާއިން އާންމުންގެ އިންސާނަކު ނެތް ވައިގެ އުޅަދަކަށް ހަމަލާދިނުމަށް ބާރުގެ ބޭނުން ކުރުމާ ދެކޮޅު" ކަމަށެވެ.

އެމެރިކާގެ ޓީވީ ނެޓްވޯކްތަކުން ފެންނަ ފޫޓޭޖްތަކުން ފެންނަ ގޮތުގައި ކުޑަ ގޮވުމަކަށް ފަހު ބެލޫން މޫދަށް ވެއްޓިގެން ދިޔަ އެވެ.

ޑިފެންސް އޮފިޝަލަކު ވިދާޅުވީ އެފް-22 ޖެޓް ފަޔަރ މަތިންދާބޯޓެއް އެއް މިސައިލަކުން - އޭއައިއެމް-9އެކްސް ސައިޑްވައިންޑަރ - އިން އުސްމިނުގައި ހުރި ބެލޫން އާއި ކުރިމަތިލާފައިވާއިރު، އެމެރިކާގެ އައްސޭރިފަށުން ގާތްގަނޑަކަށް ހަ ނޯޓިކަލް މޭލު ދުރަށް ވެއްޓުނީ 14:39 EST (19:39 GMT) ގައި ކަމަށް ނޫސްތަކުން ބުނެފައިވެއެވެ.

ޑިފެންސް އޮފިޝަލުން އެމެރިކާގެ މީޑިއާތަކަށް ބުނެފައިވަނީ އޭގެ ބައިތައް ވެއްޓުނީ، ސައުތު ކެރޮލައިނާގެ މަރޓްލް ބީޗް ކައިރިން 47 ފޫޓް (14 މީޓަރު) ގެ ފެންގަނޑެއްގެ ތެރެެއަށެވެ. އަދި އެއީ އެމީހުން ހީކުރި ވަރަށް ވުރެ ފުން ތަނެއް ކަމަށެވެ.

އަސްކަރިއްޔާއިން މިހާރު ދަނީ ހަތް މޭލު (11 ކިލޯމީޓަރު) އަށް ފެތުރިފައިވާ އެބައިތައް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެ ސަރަހައްދުގައި ކަނޑުގެ ސިފައިންގެ ދެ މަނަވަރެއް ހިމެނޭއިރު، އޭގެ ތެރޭގައި ރިކަވަރީއަށް ހެވީ ކްރޭން އެއް އޮތް ބޯޓެއް ވެސް ހިމެނެ އެވެ.

ޓެގްސް: އެމެރިކާ ޗައިނާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.