އިދިކޮޅުން ހުރަސް އަޅައި ރިޔާސީ ބަޔާން އިއްވުން މަޑުޖެހިފައި އޮތުމަށްފަހު ރައީސުލް ޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުން

ހަބަރު

މުޒާހިރާތަކާއި އިޙްތިޖާޖްތަކުގެތެރެއިން، ރިޔާސީ ބަޔާން އިއްވައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 6 ފެބުރުއަރީ 2023 , ހޯމަ 09:44   186

ރައްޔިތުންގެ މަޖިލީހުގައި ރައީސުލް ޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަން ތައްޔާރުވަމުން ދަނިކޮށް ތަޅުމުގައި ހަލަބޮލިކަން އުފެދި، ރިޔާސީ ބަޔާން އިއްވުމަށް ހުރަސް އެޅުނު ނަމަވެސް ބައެއް މެމްބަރުންގެ ނަން އިއްވުމަށްފަހު ރައީސް ސޯލިޙް ރިޔާސީ ބަޔާން އިއްވަން ފައްޓަވައިފިއެވެ.

ބަޔާންގެ މުހިއްމު ބައެއް ވާހަކަތައް :

  • ހައުސިން ލޯނު
  • އެގްރޯނެޓް
  • ކުޅުދުއްފުށީ ޓާޝަރީ ހޮސްޕިޓަލް
  • އައްޑޫ އަދި ހަނިމާދީ އިންޓަނޭޝަނަލް އެއަރޕޯޓްގެ ވާހަކަ
  • މަސްތުވާތީގެ މައްސަލަ
  • އިޖްތިމާޢީ ރައްކާތެރިކަން
  • ޕެރަ އޮލިމްޕިކް، ބައިނަލް އަގުވާމީ މުބާރާތްތަކުން ގިނަ މެޑަލްތަކެއް
  • އޮލިމްޕަސް ހުޅުވިއްޖެ
  • މިމަހު ނޭޝަނަލް އާޓް ގެލަރީ ހުޅުވޭނެ
  • ތަރިކަ ދަމަހައްޓާނެ މަރުކަޒުތަކެއް
  • އެމްޕީއާރުސީގެ މައްސަލަ، އޭސީސީއިން ބަލަމުންދޭ
  • މިންތީގެ ހަމަހަމަކަން
  • ކޯޓުތަކުގައި ހުރި ވަޞިލަތްތަކުގެ ދަތިކަން، ކޯޓު ކޮމްޕްލެކްސް
  • ރިލުވާންގެ މައްސަލައިގައި ކުރަންޖެހޭކަންކަން ކުރުމުން
  • ޔާމީން ރަޝީދުގެ މައްސަލަ
  • ވަން ގަވް ގެ ޚިދުމަތް ތަޢާރަފްކުރުން، ޚިދުމަތްތައް އޮންލައިން ކުރުން
  • ރާއްޖެ ޑިޖިޓައިޒްކުރުން
  • 130 ސަރަހައްދެއް ރާއްޖޭގައި ހިމާޔަތް ކުރުން
  • 42 މެގަވޮޓްގެ ސޯލާ
  • އިންޓަނެޓް ސްޕީޑް
  • ޑިޖިޓަލް އައިޑީ މާޗްމަހު ލޯންޗްކުރުން
  • ފުލުހުންގެ ޚިދުމަތް، 18 އާ ޒަރުކަޒު
  • ނޭބާރހުޑް ޕޮލިސިން، ބޮޑީ ކެމެރާ
  • ސަލާމަތީ ޚިދުމަތްތައް
  • ޚާރިޖީ ގުޅުން، އ.ދ. ގައި ރާއްޖެ
  • ވިސާ އާއި ނުލާ 89 ގައުމަކަށް ދަތުރުކުރެވުން
  • މެދު އިތުމަތީގެ ގުޅުން
  • ލޮނުޒިޔާރަތް ޕާކު
  • މާލެ ސަރަޙައްދުގެ ޕިކްނިކް އައިލެންޑް، ކުޑަގިރި
  • ތިލަ މާލެ ބްރިޖް، ޝެޑިއުލްއާއި އެއްގޮތަށް
  • ފަތުރުވެރިންގެ ޢަދަދު

ރިޔާސަތުން ވަނީ ބައެއް މެމްބަރުންގެ ނަން އިއްވައި ޖަލްސާއިން ބޭރަށް ވެސް ނެރެފައެވެ. މިގޮތުން ނެރެފައިވާ މެމްބަރުންގެ ތެރޭގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ނަން ހިމެނެއެވެ. އޭނާ ވަނީ ރައީސް ސޯލިޙް ޕޯޑިއަމަށް ވަޑައިގަތުން އަޑުގަދަކޮށް ރައީސް ސޯލިޙްގެ އިސްތިއުފާއަށް ގޮވާލައި އަޑުގަދަކޮށްފައެވެ.

މަޖިލީހުގެ ރިޔާސަތުން، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ޖަލްސާ މިވަގުތަށް މެދު ކަނޑާލައްވާފައެވެ. އަދި އަލުން ފެށޭނެ އިރެއް ސާފުވެފައިނުވެއެވެ.

އަދި ރޯޝަނީ މަގުގައި އިދިކޮޅުން ކުރިއަށްގެންދާ މުޒާހިރާގެ ތެރެއިން މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފައިވާކަމުގެ މަޢްލޫމާތު ލިބެއެވެ. އަދި ރައީސް ސޯލިހް މަޖިލީހަށް ވަޑައިގަތުމަށް އެމަގު ހުރަސްކުރިވަގުތު ރައީސް ޔާމީން މިނިވަންކުރަމަށް ގޮވާލައި އަޑު އުފުލާފައިވެއެވެ.

ރައީސް ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ މަޖިލީސް މެމްބަރުން ވަނީ ޖަލްސާ އަށް ޙާޒިރުނުވެ ޖަލްސާ ބޯއިކޮޓްކޮށްފައެވެ. ރައީސް ނަޝީދު ފެކްޝަންގެ މެންބަރުންގެ ތެރެއިން ދެ މެމްބަރެކެވެ.

ބޭރުގެ އިޢްޒަތްރެތިންނާއި، ޤައުމުތަކުގެ ސަފީރުންނަށް މިޖަލްސާއަށް ދަޢްވަތުދެވިފައިވެއެވެ.

ޓެގްސް: ރައްޔިތުންގެ މަޖިލިސް ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް ރައީސް މުހައްމަދު ނަޝީދު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.