އައްޑޫސިޓީ، ޝާއިރުންގެ ވާދީ އަދި މުބާރާތުގެ ޕާޓްނަރުން ފޮޓޯއަކަށް ހުއްޓިގެން

ހަބަރު

ފާންތަރި މަދަޙަ މުބާރާތް، ޕާޓްނަރުންނާއިއެކު ސޮއިކުރުމުގެ ޙަފްލާ ބާއްވައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 6 ފެބުރުއަރީ 2023 , ހޯމަ 15:08   483

އައްޑޫ ސިޓީއަށް ޚާއްޞަކޮށްގެން، ޝާއިރުންގެ ވާދީ އާއި އެކްސްޕްރެސް މީޑިއާ ގުޅިގެން ބާއްވާ "ފާންތަރި" މަދަޙަ މުބާރާތް އިޢްލާންކޮށް، ޕާޓްނަރުންނާއިއެކު ސޮއިކުރުމުގެ ރަސްމިއްޔާތެއް ބާއްވާފިއެވެ.

މިރަސްމިއްޔާތު އޮތީ، އާދީއްތަ ދުވަހުގެރޭ އީކުއޭޓަރ ވިލެޖް ރިސޯޓްގައެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝާޢިރުންގެ ވާދީގެ ރައީސް އަލްފާޞިލް ޙަސަން ލަބީބު ވިދާޅުވީ، ޖުމްލަ 9 ޕާޓްނަރުންނާއިއެކު މިބާއްވާ މުބާރާތަކީ، ވަރަށް ގިނަ ދުވަސްވަންދެން ދެކެމުން އައި ހުވަފެނެއް ކަމަށާއި، މިކަން ޙަޤީގަތަކަށް ވެގެން އަންނަތަން ފެނުން އެކަމާއި ވަރަށް ބޮޑަށް އުފާކުރައްވާކަމަށެވެ.

އަޅުގަނޑުމެންގެ މިމުބާރާތް ވަރަށް ގިނަ ގޮތްގޮތުން ޚާއްޞަވެގެންދޭ. އެންމެ މުޙިއްމުކަންކަމަށް ބަލާއިރު، މިމުބާރާތުގައި ވާދަކުރާ ބައިވެރިން ކިޔާނީ މުޅިންވެސް އާ މަދަޙަ. ދެން މަދަޙައިގެ ގޮތުގައި އަޅުގަނޑުމެން މިބަލަނީ މާތް ﷲ އާއި ކީރިތި ރަސޫލާ އަށް ނިސްބަތްކޮށް ހެދިފައި ހުންނަ މަދަޙަތައް. މިމުބާރާތުގެ ސަބަބުން އަޅުގަނޑުމެންގެ ދީނަށް އޮތް ލޯބި އިތުރުވުމުގެ އިތުރުން، ލަވަކިޔުމުގެ ރޫޙު ދަރިވަރުންގެ މެދުގައި އާލާކޮށް އަށަގެނުވޭނެކަމަށް އުއްމީދުކުރަން.

~ ޝާޢިރުންގެ ވާދީގެ ރައީސް، އަލްފާޞިލް ޙަސަން ލަބީބު

އިތުރަށް ޙަސަން ލަބީބު ވިދާޅުވީ، ޝާޢިރުންގެ ވާދީގެ ފަރާތުން މަދަހަ ހައްދަވައި ދެއްވާ ފަރާތްތަކުން ވީހާ ހެޔޮ އަގެއް މިފަދަ މަސައްކަތެއް ކޮށްދެއްވާނެކަމަށް ވަރަށް ބޮޑަށް އުއްމީދުކުރައްވާކަމަށެވެ. ބޭނުމަކީ، ބެލެނިވެރިންނަށް ވެސް ލުއިވާނެހެން ކަންކަން އިންތިޒާމުކުރުންކަމަށެވެ.

މިމުބާރާތުގެ މަދަޙަތައް ރޯދަމަހު، އެކްސްޕްރެސް ނޫހުގެ ފޭސްބުކް ޕޭޖް އިންނާއި، އެސްއެސްޓީވީގެ ޒަރީޢާއިން ދުރައްދައްކާނެއެވެ.

ވަނަތަކަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމާއި އެހެނިހެން އިނާމްތައް ވެސް ދިނުމަށް ހަމަޖެހިފައިވެއެވެ.

މުބާރާތުގެ ޕާޓްނަރުންގެ ގޮތުގައި މިވަތުގު ތިއްބެވި ފަރާތްތައް:

  • ޝާޢިރުންގެ ވާދީ
  • އެކްސްޕްރެސް މީޑިއާ
  • އައްޑޫސިޓީ ކައުންސިލަރ އަޙްމަދު ސަޢީދު
  • އެސްއެސްޓީވީ
  • އީކުއޭޓަރ ވިލެޖް
  • ކޮންޓްރޯލް ޕީ
  • ބީޓެކް ގްރޫޕް
  • ގްރީން އާރޓްސް ސްޓޫޑިއޯ
  • އައްޑޫ ފްރެންޑްސް
  • ދުންމާރި ބޮޑުބެރު ގްރޫޕު

ޕާޓްނަރުންގެ ގޮތުގައި ބައިވެރިވާން ބޭނުންވާ އިތުރު ފަރާތްތަކަށް ވެސް ފުރުޞަތު ހުޅުވިފައިވާކަމަށް ޝާޢިރުންގެވާދީ އިން މަޢްލޫމާތު ދެއްވައެވެ.

މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޝާއިރުންގެ ވާދީ އާއި ގުޅައިގެން ރަޖިސްޓްރީ ކުރެވޭނެއެވެ. ކޮންމެ ޢުމުރުފުރާއަކުން ވެސް ބައިވެރިވެވޭނީ ވަކިވަރަކަށް ކުދިންނަށްކަމުން، ކުރިންއަންނަ ދަރިވަރުންނަށް ކުރިން ފުރުޞަތުދިނުމަށް ވެސް ހަމަޖެހިފައިވެއެވެ.

މިލިޔުމާއި ގުޅޭ:

ފޮޓޯތައް

ޝާޢިރުންގެ ވާދީގެ ދެވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

އައްޑޫ އީދި ސަމާ ގައި ޝާޢިރުންގެ ވާދީން ބައިވެރިވެ ހިންގި ޙަރަކާތްތަކުގެ ނިމުން ފާހަގަ ކޮށްފި

ޓެގްސް: އައްޑޫގައި ބޭއްވޭ އިވެންޓްތައް މުބާރާތްތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.