އެޗްޑީސީއިން ތިލަފުށީގެ މާސްޓާރ ޕްލޭން ދައްކާލަނީ

ހަބަރު

ސިނާޢީ ބޭނުންތަކަށް ތިލަފުށިން 50 ބިން ވިއްކަން ހުޅުވާލައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 8 ފެބުރުއަރީ 2023 , ބުދަ 08:51   220

ތިލަފުށީ ފޭސް 2އިން ސިނާޢީ ބޭނުންތަކަށް ބިން ގަންނަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހުޅުވާލައިފިއެވެ.

އިންޑަސްޓްރިއަލް މައި ހަބެއްގެގޮތުގައި ތިލަފުށި ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢަށް ބޭނުންވާ ބިން ހިއްކުމަށް ޙަވާލުކޮށްފައި ވަނީ ޗައިނާގެ ހާބަރ ކުންފުންޏާއެވެ. އެއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަސްތެރޭގައެވެ.

ބޭރު ފަރާތްތަކަށާއި، އަމިއްލަ ފަރުދުން އަދި ކުންފުންނިތަކަށް ވެސް މި ބީލަންތަކުގައި ބައިވެރިވެވެއެވެ. ބީލަން ކާމިޔާބުކުރާ ފަރާތަކީ ދިވެހި ފަރުދެއް ނުވަތަ ދިވެހި ކުންފުންޏެއްނަމަ ބިން މިލްކުވާނެއެވެ. އަދި ބޭރުގެ ފަރުދެއް ނުވަތަ ކުންފުންޏެއްނަމަ 99 އަހަރަށް ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާއިރު، ބީލަން ހުށައެޅޭ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 1700ރުފިޔާއެވެ.

މިފުރުޞަތުގެ ދަށުން، މިހާރު ހުޅުވާލާފައިވަނީ 50 ބިިމެއް ބީލަން އުސޫލުން ވިއްކުމަށެވެ. ފުރަތަމަ ވިއްކަނީ ތިލަފުށި ޒޯން އޭ ގައިވާ ބިންތަކެވެ.

ޓެގްސް: ހުޅުމާލެ ތިލަފުށި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.