ފުރަތަމަ ދުވަހު ވެސް ރަށް ފުރިއްޖެ

ހަބަރު

ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 11 ފެބުރުއަރީ 2023 , ހޮނިހިރު 10:29   209

ރިޔާސީ ވަޢްދުތަކުގެ ތެރެއިން، ޕިކްނިކް ދާން ޚާއްޞަ ރަށެއްގެ ގޮތުގައި ސަރުކާރުން ތަރައްޤީކުރަމުން އައި ކ. އަތޮޅު ކުޑަގިރީގެ މަސައްކަތް ނިމި އެރަށް ޢާއްމުންނަށް ހުޅުވާލައިފިއެވެ.

މިރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ. އަދި މިއީ ސަރުކާރުގެ 5 ކުންފުޏެއް ގުޅިގެން ކޮށްފައިވާ މަސައްކަތެކެވެ. މިއީ މާލެ އާއި ކައިރީގައި އޮންނަ، 15 ވަރަކަށް މިނެޓުން ސްޕީޑް ބޯޓެއްގައި ދެވޭ ހިސާބުގައި އޮންނަ ރަށެކެވެ.

މިރަށް ޢާއްމުންނަށް ހުޅުވާލިއިރު، 300 މީހަކަށް ޗުއްޓީ ހޭދަކޮށްލުމުގެ ފުރުޞަތު ދީފައިވެއެވެ. އަދި މި 300 މީހުންނަށް ދަތުރު ދިއުމަށް ހުޅުވާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވަނީ ފުލްވެފައެވެ.

އެޗްޑީސީއިން ބުނެފައިވަނީ، މިރަށަކީ ކޮންމެ ދުވަހަކު ވެސަް ގާތްގަނޑަކަށް 600 މީހަކަށް ދަތުރު ދެވޭވަރަށް، ޚިދުމަތްތައް ފުރިހަމަ ވެފައިވާ ރަށެއްކަމަށެވެ.

މިރަށުގައި 1.5 ހެކްޓަރުގެ ފިނޮޅެއްގެ އިތުރުން، ފާޚާނާ ބަރިއަކާއި، ފިހާރަ އާއި ކެފޭތައް ވެސް ވެސް ހަދާފައިވެއެވެ.

ޓެގްސް: މާލެ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.