ތުރުކީގައި ކޮތަޅުތަކެއްގެ ތެރޭގައި ތާށިވެފައި އޮތް އަންހެން ދަރިފުޅުގެ އަތުގައި ހިފައިގެން ހުރި ވައިރަލް ފޮޓޯއެއް

ހަބަރު

ތުރުކީ/ސީރިޔާ، ހޯމަ ދުވަހު އައި ބިންހެލުމާއެކު 28،000 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 12 ފެބުރުއަރީ 2023 , އާދީއްތަ 11:48   225

ހޯމަ ދުވަހު ތުރުކީވިލާތާއި ސީރިއާއަށް އައި ބިންހެލުމާ ގުޅިގެން މަރުވި މީހުންގެ އަދަދު 28،192 އަށް އަރައިފި އެވެ.

ތުރުކީގައި މަރުވި މީހުންގެ އަދަދު 24،617 އަށް އަރާފައިވާ ކަމަށް ތުރުކީގެ ނައިބު ރައީސް ފުއަތު އޮކްޓޭ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވެއެވެ.

އަދި ސީރިއާގައި މަރުވި މީހުންގެ ޖުމްލަ އަދަދު 3،575 އަށް އަރާއިރު، އޭގެ ތެރޭގައި ހުޅަނގު އުތުރުން ސަރުކާރާއިދެކޮޅު ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގައި 2،167 މީހުން މަރުވެފައިވާ ކަމަށް ވައިޓް ހެލްމެޓްސް ސިވިލް ޑިފެންސް ގްރޫޕުން ބުނެ އެވެ. ސަރުކާރު ކޮންޓްރޯލްކުރާ ސަރަހައްދުތަކުން އިތުރު 1،408 މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ ސީރިއާގެ ދައުލަތުގެ މީޑިއާތަކުން ބުނެ އެވެ.

ތުރުކީއާއި ސީރިއާއަށް އައި 7.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމުގެ ފަސް ދުވަސް ފަހުން ޓީމުތަކުން އަދިވެސް މަސައްކަތްކުރަމުންދަނީ އަދިވެސް ޢިމާރާތްތަކުގެ ދަށުވެފައިވާ، ދިރިތިބިދާނެ މީހުން ސަލާމަތް ކުރުމަށް ކަމަށް ތުރުކީގައި ހުންނަ އދ. އިދާރާއިން ބުނެއެވެ.

ސީރިއާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބައިނަލްއަގްވާމީ މުޖުތަމައަށް "ވަގުތުން ފިޔަވަޅު އެޅުމަށް" ގޮވާލައްވަމުން ސީރިއާ-އެމެރިކާގެ އެކްޓަރު ޖޭ އަބްޑޯ ހޮނިހިރު ދުވަހު ސީއެންއެންއަށް ވިދާޅުވީ އާންމުން ލޯބިވާ މީހުން ސަލާމަތް ކުރުމަށް "ވަގުތާ ދެކޮޅަށް ދުވަމުން" ކަމަށް ބުނެފައިވެއެވެ.

ނަމަވެސް ހިތާމަވެރި ހާދިސާތަކުގެ ތެރޭގައި ބިންހެލުމުގެ ދުވަސްތަކެއް ފަހުން ވެސް މީހުން ސަލާމަތްކުރުމުގެ ތެރެއިން އަޖައިބު ކުރުވަނިވި މަންޒަރުތަކެއް ފެނިގެން ގޮސްފައިވެ އެވެ.

ޓެގްސް: ތުރުކީ ސީރިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.