އިންޑިއާގެ ޕްރައިމް މިނިސްޓަރ ނަރެންދްރަ މޮދީ، މަހިންދަ ރާޖަޕަކްސަ އާއި އެކު

ދުނިޔެ

ސްރީލަންކާ އިން އިންޑިއާ އާއި އެކު 1 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

އަލީ އަޒްޔަން - ލަންކާ | 18 މާރޗް 2022 , ހުކުރު 23:44   332

ކޮވިޑްގެ ބަލިމަޑުކަމާއި ހެދި އެންމެ ބޮޑު އަނދަވަޅަކަށް ވެއްޓުނު އެއްގައުމަކީ އަވަށްޓެރި ސްރީލަންކާ އެވެ.

އެގައުމުގެ ފައިސާގެ އަގު ޕެންޑެމިކްގެ ކުރިން ހުރީ ޑޮލަރަކަށް 178 ރުޕީސްގައެވެ. އެހެން ނަމަވެސް ފައިސާގެ އަގުވެއްޓި މިހާރު ޑޮލަރަކަށް ޖެހޭ އަގު ހުރީ 260 އިން މަތީގައެވެ. މިއީ ގާތްގަނޑަކަށް 46 ޕަސެންޓްގެ ބޮޑުވުމެކެވެ. އަދި އެގައުމުގައި ހުރި ބޭރު ފައިސާގެ ރިޒާވް ވަނީ 70 ޕަސެންޓް ވެއްޓިފައެވެ.

ސްރީލަންކާ އަކީ އިމްޕޯޓްމުދަލަށް މުދަލަށް ވަކިން ޚާއްސަކޮށް ތެޔޮ އިމްޕޯޓްކުރުމަށް ބޮޑު ހޭދައެއް ކުރާ ގައުމެކެވެ. ފައިސާއަށް މިއައި ބަދަލާއި އެކު އިމްޕޯޓްކުރުމަށް ބޭނުންވާ ފައިސާގެ ޢަދަދު ގިނަވެ އިމްޕޯޓް މުދަލުގެ އަގު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

އިންޑިއާ އާއި އެކު މިސޮއިކުރެވުނު 1 ބިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމާއި އެކު ޒަރޫރީ ތަކެތި ކަމުގައިވާ ތެޔޮ، ކާބޯތަކެއްޗާއި، ބޭސްވެރިކަމުގެ ސާމާނު ހޯދުމުގައި އޮތް ތަކުލީފަށް ލުއިކަމެއް ލިބިގެންދާނެއެވެ. މީގެ ކުރިންވެސް ސްރީލަންކާއިން ވަނީ އިންޑިއަތުން ދަރަންޏަށް 500 މިލިއަން ޑޮލަރު ހޯދާފައެވެ.

އިންޑިޔާއިން އެހީތެރިކަން ހޯދުމުގެ ކުރިން ސްރީލަންކާއިން ވަނީ ޗައިނާގައި އެހީއަށް އެދިފައެވެ. އެހެންނަމަށް ސިޔާސީ ނުތަނަވަސްކަމާއި ހެދި ޗައިނާގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބުނެވެ.

ރައީސް ގޮޓަބަޔާ ރާޖަޕަކްސަ ބުދަ ދުވަހު ވިދާޅުވީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި އެކުވެސް މަސައްކަތް ކުރާނެކަމަށެވެ. އައިއެމްއެފް ގެ ތަރުޖަމާން ގެރީ ރައިސް ވިދާޅުވީ "އަޅުގަނޑުމެންނަށް ވެވިދާނެ އެހީތެރިކަމާއި ގުޅޭގޮތުން ކަމާއިބޭހޭ ފަރާތްތަކާއި މަޝްވަރާ ކުރަމުންދާކަމަށެވެ.

ސްރިލަންކާގެ ޖުމްލަ ބޭރުގެ ދަރަނި 51 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑެވެ. އަހަރަކު ގާތްގަނޑަކަށް 7 ބިލިއަން ޑޮލަރު ހަމައެކަނި ދަރަނި އަދާކުރުމަށް ބޭނުންވެއެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.