ޕާޓީތަކުން ފޯކަސް ހުރީ ހަމައެކަނި އިންތިޚާބު ކާމިޔާބުކުރަން. އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ކ) އަދި މިހާރުގެ ރައީސް ޖޯ ބައިޑަން (ވ)

ދުނިޔެ

އެމެރިކާގެ ރިޔާސީ ރޭސް : ޒުވާން އާބާދީ ބޭނުންވަނީ ބައިޑަން އާއި ޓްރަމްޕް ނޫން ބައެއް، އެކަމަކު ގޮތެއް ނެތިފައި!

އަލީ އަޒްޔަން - ދުނިޔެ | 13 ފެބުރުއަރީ 2023 , ހޯމަ 09:57   193

އަދިވެސް އަވަހެވެ. އެކަމަކު 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އުމުރުން ދުވަސްވީ ދެ ލީޑަރުންގެ މެދުގައި އަނެއްކާވެސް ހައިޖާނުތަކަކަށް ދާން ތައްޔާރުވާއިރު، ހަކަތައާއި ޖޯޝާއެކު ކުރިއަށް އަންނަ ސިޔާސީ ބޭފުޅުންގެ މެދުގައި ނުތަނަވަސްކަން އޮތުމަކީ އެމެރިކާ ޤައުމެއްގެ ގޮތުގައި އޮވެ ވާނެ ބޮޑު ގެއްލުމެކެވެ.

މިހުރިހާކަމެއް ވެސް ދެމި އޮންނާނީ މައި ދެޕާޓީއިން ހުށަހަޅާ ކެންޑިޑޭޓުގެ ގޮތުންނެވެ. މިހާތަނަށް ބަލާއިރު ދެ ޕާޓީއިންވެސް ބޭނުންވަނީ "ސޭފްކޮށް" ކުޅޭށެވެ. ޢުމުރުން ދުވަސްވީ ދެ ބޭފުންޅުންނާއިއެކު ގޮސްގެން އަދިވެސް ކާމިޔާބު ކުރެވޭނެހެން ހީވާތީއެވެ.

ޕޯލްތަކުން ދައްކާ ގޮތުގައި އާ މޫނުތަކަށް ޝައުގުވެރިކަން ބޮޑުވަމުން އަންނަނީ ބޮޑުވަމުންނެވެ. ޑިމޮކްރެޓިކް އަދި ޑިމޮކްރެޓިކް ޕާޓީއަށް ތާއީދުކުރާ ވޯޓުލާ މީހުންގެ ތެރެއިން %58 މީހުން ވޮޝިންޓަން ޕޯސްޓް/އޭބީސީ ނިއުސްގެ ޕޯލެއްގައި ބުނީ އެމީހުންގެ ޕާޓީން 2024 ވަނަ އަހަރު ބައިޑަން ނޫން އެހެން މީހަކު ނޮމިނޭޓް ކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ ރައީސް ޑޮނަލްޑް ޓްރަމްޕް އެވެ.

އެސޯސިއޭޓެޑް ގެ އެހެން ޕޯލެއްގައި ދައްކާ ގޮތުގައި ބައިޑަން އާއިއެކު ދެވަނަ ދައުރެއް ހޯދަން ބޭނުންވާ ޑިމޮކްރެޓުންގެ ހިއްސާ މިދިޔަ އަހަރު %52 އިން މިހާރު %37 އަށް ވެއްޓިފައިވެ އެވެ. އަދި އުމުރުން 18-44 އަހަރުގެ މީހުންގެ ތިންބައިކުޅަ ދެބައި މީހުން އުންމީދު ކުރަނީ އާ މޫނެއް ފެންނާނެކަމަށެވެ.

ރިޕަބްލިކަން ޕާޓީގެ ފަރާތުން މިހާތަނަށް ބައިވެރިވާ ހަމައެކަނި ރަސްމީ ކެންޑިޑޭޓަކީ ޓްރަމްޕްކަމަށް ވުމުން، އޭނާގެ ކާމިޔާބީ ޔަގީންވުމަކީ އަދިވެސް ދުރު ކަމެއް ނޫނެވެ.

ޖުމްލަކޮށް ބަލާއިރު ދެ ޕާޓީން ވެސް ފެންނަނީ އާޖީލަކަށް ނިކުންނާނެ މީހުން މަޑުޖެހިފައިތިބިތަނެވެ. އެހެންކަމުން އެފަދަ ނޮމިނޭޝަނެއް ފެނުމަކީ ދުރުކަމެއްކަމަށް ތަޖުރިބާކާރުން ދެކެއެވެ. އެހެން އެކަން ވެއްޖެނަމަ ޒުވާން އާ ޖިލަކަށް އޮތް ނުތަނަވަސްކަމާއި މާޔޫސްކަން ކިތަންމެހާވެސް ބޮޑެވެ.

ދެފަރާތުން ވެސް ބޭނުންވަނީ ހަމައެކަނި އިންތިޚާބު ކާމިޔާބުކުރެވޭނެ މޮޑެލްއަކަށެވެ. މިއީ ޕާޓީ ނިޒާމު އެންމެ ރަނގަޅުގޮތުގައި މަސައްކަތް ނުކުރާކަމުގެ ހެއްކެއް ކަމަށާއި، މިއީ ބާރުގަދަ ވިޔަފާރިވެރިން ގައުމުގެ ވަޞީލަތްތަކުގައި ވަކި ހިއްޕާނެ މަގެއްގެ ގޮތުގައި ދެކޭކަމަށް ގިނަ ފަރާތްތަކަކުން އަންނަނީ ބުނަމުންނެވެ.

ޓެގްސް: އެމެރިކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.