ހިތަދޫ އުތުރުދާއިރާގެ މަޖިލީސް މެމްބަރު މުޙައްމަދު އަސްލަމް

ހަބަރު

ޑްރަގް އެތެރެކުރާ މައްސަލައިގައި، މެމްބަރު އަސްލަމް ސަރުކާރު ދިފާޢުކުރައްވައި ވާހަކަފުޅުދައްކަވައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 13 ފެބުރުއަރީ 2023 , ހޯމަ 14:04   272

ރާއްޖެއަށް ޑްރަގްސް އެތެރެވުމުގައި ބިދޭސީންގެ ބޮޑު ދައުރެއް އޮތްކަމާއި، ޑްރަގާއިއެކު އަތުލައިގަނެވޭ ބޭރުމީހުން އަނބުރާ އެތަކެއްޗާއިއެކު ފޮނުވާލެމުމަކީ އަނެއްކާވެސް އެކަމަށް ދެވޭ ހިތްވަރެއްކަމަށް ވިދާޅު، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވަނީ މަޖިލީހަށް ބިލެއް ހުށަހަޅުއްވާފައެވެ.

ނަމަވެސް މިބިލު ބަލައިނުގަތުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ވަނީ ނިންމާފައެވެ. އަދި މިކަމާއި ގުޅިގެން މެމްބަރު ޙަސަން ވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނިނުމަމަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

ނަމަވެސް މިމައްސަލަ ވަނީ 24 މެމްބަރުންގެ ވޯޓާއިއެކު މަޖިލީހަށް ބަލައިގެންފައެވެ.

މިކަމާއިގުޅިގެން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ މުޙައްމަދު އަސްލަމް ވިދާޅުވީ، ބިލް ބަލައިނުގަންނަން ނިންމީ ބިލުގައި ސަރުކާރުކުއްވެރިކޮށް، ސަރުކާރަށް ރައްދުވާގޮތަށް ބިލުގައި ބުނެފައިވާތީ ކަމަށެވެ.

އިތުރަށް ވިދާޅުވީ ސަރުކާރުން އެފަދަކަމެއް ނުކުރައްވާނެކަމަށެވެ. އަދި ސަރުކާރުން އަންނަނީ މަސްތުވާތަކެތި އަތުލަމުން ކަމަށާއި، ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ސަރުކާރުން ނައްތާލާފައިވާކަމަށެވެ.

ސަރުކާރުން 1.3 ޓަނަށްވުރެ ގިނަ މަސްތުވާތަކެތި ވަނީ އަތުލައިގަނެފަ. އަދި 2018 ވަނަ އަހަރުގެ ކުރިއާއި އެއްކޮށް 2.8 ޓަނުގެ މަސްތުވާތަކެތި ވަނީ ނައްތާލާފަ

~ މެމްބަރު މުޙައްމަދު އަސްލަމް

މިމައްސަލަ ބޮޑަށް ހޫނުވެފައި މިވަނީ މި މަހުގެ ތެރޭ ގަތަރުގެ ދޯހާއިން ރާއްޖެ އައި އުމުރުން 23 އަހަރުގެ އަންހެނެއްގެ ލަގެޖުން މަސްތުވާތަކެތި ފެނުނު ނަމަވެސް އެމީހާ އަނބުރާ ފޮނުވާލާފައިވާތީއެވެ.

ފުލުހުން ބުނެފައިވަނީ އޭނާ ފޮނުވާލެވިފައިވަނީ އަލަށް ޢަމަލުކުރަން ފެށި ޤަވާޢިދުގެ ދަށުން ކަމަށެވެ.

މިކަމާއި ގުޅިގެން ޢާއްމުންގެ ނުރުހުން ވެސް ވަނީ ސަރުކާރަށް އަމާޒުވެފައެވެ. ޢާއްމު ފަރާތްތަކުން ބުނަމުންދަނީ، މަސްތުވާތަކެއް ރާއްޖެއަށް ޢާއްމުވުމުގައި ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުގެ އިޙްމާލު ބޮޑުކަމަށެވެ.

ޓެގްސް: އެމްޕީ އަސްލަމް ރައްޔިތުންގެ މަޖިލިސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.