ފެނަކަ ކުންފުނީގެ މުވައްޒަފުން މަސައްކަތުގައި

ހަބަރު

އައްޑޫސިޓީ ހިތަދޫގައި ފެނުގެ ޚިދުމަތް މެދުކެނޑި ގެސްޓްހައުސްތަކަށް ބުރޫއަރައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 15 ފެބުރުއަރީ 2023 , ބުދަ 10:23   262

އައްޑޫ ސިޓީ ހިތަދޫގައި ފެނުގެ ޚިދުމަތް މެދުކެނޑިއްޖެއެވެ. މިމައްސަލަ ދިމާވެފައިވަނީ މިއަދު ހެނދުނެވެ.

ފެނަކަ ކުންފުނިން މަޢްލޫމާތު ދެއްވިގޮތުގައި، މައްސަލަ ދިމާވެފައިވަނީ، ދިމާވި ޓެކްނިކަލް މައްސަލަތަކެއްގެ ސަބަބުން ފެން ޓޭންކުތަކަށް ނުގޮސް ޓޭންކުތައް އެއްކޮށް ހުސްވުމާއި ގުޅިގެގެންނެވެ.

އިތުރަށް ވިދާޅުވީ، މައްސަލަ ޙައްލުކުރުމަށް މަސައްކަތް ކުރެވެމުންދާކަމަށާއި މެންދުރު ފަހުގެ ވަގުތެއްގައި އެއްކޮށް މައްސަލަ ޙައްލުވާނެކަމަށެވެ.

މިކަމުގެ ސަބަބުން ބައެއް ގެސްޓްހައުސްތަކުގެ އޮޕަރޭޝަންތަކަށް ބުރޫއަރައި ޚިދުމަތްދިނުމުގައި ދަތިތަކެއް ދިމާވެފައިވާކަމަށް ބައެއް ގެސްޓްހައުސްތަކުން ބުނެފައިވެއެވެ.

އައްޑޫގައި މިޚިދުމަތް ދެމުންއަންނަނީ ސަރުކާރުގެ ކުންފުނި، ފެނަކައިންނެވެ.

ޓެގްސް: ފެނަކަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.