އެއާ އިންޑިއާގެ ބޯޓެއް ވައިގެ ތެރޭގައި، އެކުންފުނިންވަނީ އޭވިއޭޝަން އިންޑަސްޓްރީގެ ތާރީޚުގައި ވެސް ރިކޯޑު ޢަދަދަކަށް ބޯޓުފަހަރު ގަންނަން ނިންްމާފައި

ހަބަރު

އެއާ އިންޑިއާ، އިން ރިކޯޑް ޢަދަދަކަށް ބޯޓު ގަންނަނީ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 15 ފެބުރުއަރީ 2023 , ބުދަ 11:30   406

އެއާ އިންޑިއާއިން ވައިގެ ދަތުރުތަކުގައި ދުނިޔޭގެ މައި ބާރަކަށް ވުމަށް ކުރަމުންއަންނަ މަސައްކަތުގެ ތެރެއިން، 470 އާ މަތިންދާބޯޓު އޯޑަރުކޮށްފައި ވާއިރު، މިއީ އޭވިއޭޝަން އިންޑަސްޓްރީގެ ރެކޯޑެކެވެ.

އެކުންފުނީގެ ޗެއާމަން އެން ޗަންދްރަސެކަރަން ވިދާޅުވީ އެ އެއާލައިންގެ ވިސްނުން ހުރީ "ދުނިޔޭގެ ފެންވަރުގެ ޕްރޮޕޮޒިޝަނަކަށް" ދިއުމަށްކަމަށެވެ.

އިތުރަށް ވިދާޅުވީ ޔޫރަޕްގެ އެއާބަސް އާއި އެމެރިކާގައި ހުންނަ ބޮއިންގްގެ އޯޑަރުތަކުގެ ސަބަބުން އެއާލައިންގެ ފްލީޓް ޒަމާނީކޮށް، ނެޓްވޯކް ފުޅާކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ.

ފުރަތަމަ ފުޅާކުރާ ހިދުމަތަށް ފަށާނީ މިއަހަރުގެ ފަހުކޮޅުގައެވެ.

"އެއާ އިންޑިއާ މިދަނީ ބޮޑު ބަދަލަކާއި ދިމާލަށް" މި ޑީލްތައް އިއުލާން ކުރައްވައި ނެރުއްވި ބަޔާނެއްގައި މިސްޓަރ ޗަންދްރަސެކަރަން ވިދާޅުވި އެވެ.

އެއާ އިންޑިއާއިން ބުނީ 250 ބޯޓު ސަޕްލައި ކުރުމަށް އެއާބަސް އާއިއެކު އެއްބަސްވުން ހަދާފައިވާކަމަށާއި، ބޮއިންގް އިން އިތުރު 220 ޖެޓް ފޯރުކޮށްދިނުމަށް އެހީތެރިވާނެކަމަށެވެ.

މި އޯޑަރުތައް ދީފައިވަނީ އިންޑިއާ ސަރުކާރުން 1932 ވަނަ އަހަރު އެ ކުންފުނި އުފެއްދި އިންޑިއާގެ އެންމެ ބޮޑު ކޮންގްލޯމެރޭޓް ޓާޓާ ގްރޫޕަށް އެ އެއާލައިން ވިއްކާލިތާ ދެ އަހަރު ނުވަނީސް އެވެ.

މި ކުންފުނިން އެންމެފަހުން ބޯޓެއް ގަނެފައިވަނީ މީގެ ގާތްގަނޑަކަށް 20 އަހަރު ކުރިންނެވެ.

"ކާމިޔާބު ލިބިއްޖެ ނަމަ، އެތައް އަހަރެއް ފަހުން އިންޑިއާގެ ތަފާތުކަން އަނެއްކާވެސް ދުނިޔެއަށް ގެންދާނެ،" މިސްޓަރ މާޓިން ވިދާޅުވި އެވެ.

ޓެގްސް: އިންޑިއާ ރާއްޖެއަންނަ އެއަރލައިންތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.