ދިވެހި ރެޑްކްރެސެންޓްގެ ބައެއެއް ބައިވެރިން. އެޖަމާޢަތުން ވަނީ އޮންލައިންކޮށް ފައިސާއެއްކުރުމުގެ މަސައްކަތް ފަށާފައި

ހަބަރު

ތުރުކީ/ސީރިއާ ބިންހެލުން: ދިވެހި ރެޑް ކްރެސެންޓުން ހަފްތާއެއްގެތެރޭ 3 މިލިއަނާއި ގާތަށް ފަންޑް ރެއިޒްކޮށްފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 15 ފެބުރުއަރީ 2023 , ބުދަ 11:56   220

ތުރުކީވިލާތާއި ސީރިއާއަށް އައި 7.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމުގައި މިހާތަނަށް 41،000 މިހާކު މަރުވެފައިވާއިރު އެތައްލައްކަ ބަޔަކު ވަނީ އަދިވެސް ހޯދާނުފެނިފައެވެ.

ބީބީސީ ބުނެފައިވާގޮތުން މިއީ ގަރުނެއްގެތެރޭގައި ޔޫރަޕް ބައްރަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ.

މިބިންހެލުމާއި ގުޅިގެން މިދެޤައުމުގައި ޙާލުގައި ޖެހިފައިވާ އެތައް މިލިއަން މީހުންނަށް އެހީވުމަށްޓަކައި ދިވެހި ރެޑްކްރެސެންޓުން ވަނީ އޮންލައިންކޮށް ފައިސާ ޖަމާކުރެވޭގޮތަށް ފަންޑެއް ހުޅުވާލާފައެވެ.

ފެބްރުއަރީ މަހުގެ 7 އިން ހަފްތާއަކަށް ހުޅުވާލި ފަންޑަށް މިހާތަނަށް 2.6 މިލިއަން ރުފިޔާއަށް ވުރެގިނަ ފައިސާ ލިބިފައިވާކަމަށް ދިވެހި ރެޑްކްރެސެންޓުން ބުނެފައިވެއެވެ.

ދިވެހިންނަކީ މުސްލިމް ޤައުމުތަކަށް ދިމާވާ މިފަދަ ކާރިސާތަކުގައި އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭ ބައެކެވެ.

ތުރުކީވިލާތާއި ސީރިއާ އަށް އައި ބިންހެލުމާއި ގުޅިގެން ޙާލުގައި ޖެހުނު ފަރާތަކަށް އެހީވުމުގެ ގޮތުން ދިވެހި ސަރުކާރުން ވެސް ވަނީ މިލިއަނެއްހާ މަސްދަޅު ހަދިޔާކޮށްފައެވެ. އަދި ދިވެހި ބައެއް ޑޮކްޓަރުން ވެސް ދަނީ އެގައުމުތަކުގައި ޙަރަތްތެރިވެދީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ޓެގްސް: ތުރުކީ ސީރިއާ ބިންހެލުން ކާރިސާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.