އައްޑޫ ސިޓީ ކައުންސިލް، މައްސަލައިގައި ވޯޓަށް އެހުން

ހަބަރު

އައްޑޫސިޓީ، ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު އެކުލަވާލައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 15 ފެބުރުއަރީ 2023 , ބުދަ 22:56   428

ލާމަރުކަޒީ ޤާނޫނަށް ގެނެވުނު ބަދަލުތަކާއިއެކު، ކައުންސިލްތަކަށް ކުންފުނި އުފައްދައި ވިޔަފާރިކުރުމުގެ މަގު ވަނީ ފަހިވެފައެވެ.

ބޯޑުގެ އެކްޒެކްޓިވް ޑިރެކްޓަރެއްގެ ގޮތުގައި ކައުންސިލުން ފާސްކޮށްފައިވަނީ ސ. މަރަދޫ ފްލާވަރގެ، ހަސަން ރަޝީދު އެވެ.

އިތުރު މެމްބަރެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ސ. މަރަދޫ ވައިޖެހޭގެ، މުޙައްމަދު އިމާން އެވެ. ތިން ވަނަ މެމްބަރެއްގެ ގޮތުގައި ހަމަ ޖައްސަވާފައިވަނީ ޑެޕިއުޓީ މޭޔަރ މުޙައްމަދު ޝުޢާއު އެވެ.

އައްޑޫ ސިޓީ ކައުންސިލުން، އެކައުންސިލްގެ ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމަށްޓަކައި، ނަގާފައިވާ މިވާ ބޯޑާއި ދޭތެރޭ ބައެއް ކައުންސިލަރުން ސުވާލު އުފައްދަވައި ކަންބޮޑުވުން ފާޅު ކުރައްވައި ސުވާލު އުފައްދަވާފައެވެ.

ތިރީގައި އެވަނީ މިކަމާއި ގުޅޭގޮތުން ހިތަދޫ ކައުންސިލަރ ހުސެން ޒަރީރު އެކްސްޕްރެސް ނޫހަށް ދެއްވާފައިވާ އެކްސްކްލޫސިވް އިންޓަވިއުއެކެވެ.

ކުންފުންޏަށް ބޯޑު މެމްބަރުން ނެގުމަށް އިޢްލާނުކޮށްފައިވަނީ ޖެނުއަރީ މަހުގެ ފުރަތަމަ ހަފްތާތެރޭގައެވެ.

ބުދަ ދުވަހު ބޭއްވުނު ކައުންސިލްގެ ބައްދަލުވުމަށް ކައުންސިލްގެ ބިއުރޯއިން އެންމެ ދެފަރާތެއްގެ ނަން ހުށަހަޅާފައިވާއިރު، ބައެއްކައުންސިލަރުން ބުނެފައިވަނީ، އެފަރާތްތަކުގެ ވަނަވަރުތައް ޙިއްޞާކުރައްވާފައި ނުވާކަމަށެވެ. އަދި އިންޓަވިއުކުރުމަށްފަހު ޝޯޓްލިސްޓްކުރިވިގެން އައި ފަރާތްތައްކަމަށް ބުނެފައިވާއިރު، އިންޓަވިއު ޕެނެލް އެކުލަވާލެވުނު ގޮތުގެ ތަފްޞީލެއް ވެސް އެނގެން ނެތްކަމަށެވެ.

މެމްބަރުން ތުހުމަތުކުރައްވަނީ، ތިން މެމްބަރުންގެ އިންޓަވިއު ޕެނެލް ހިމަނާފައިވަނީ، މޭޔަރ ޢަލީ ނިޒާރުގެ ނުފޫޒެއް އޮވެގެންކަމަށެވެ.

އިތުރު ކަންބޮޑުވުމެއްގެ ގޮތުގައި ކައުންސިލަރުން ފާހަގަކުރެއްވީ، ޑެޕިއުޓީ މެމްބަރުގެ ނަން ބޯޑު މެމްބަރަކަށް ހުށަހަޅާފައިވާއިރު، ޑެޕިއުޓީ މޭޔާރ ޝުޢާއު ވޯޓު ދެއްވާފައިވާ މައްސަލައެވެ. އެމެމްބަރުން ވިދާޅުވަނީ އެއީ ޤާނޫނީގޮތުން ކުރެވޭނެކަމެއް ނޫންކަމަށެވެ. އެއީ، އެއްވެސް މެމްބަރެއްގެ މަސްލަޙަތު ހިމެނޭކަމެއްގައި އެމެމްބަރަކަށް ބަހުސް މަރުޙަލާގައި ވެސް އަދި ވޯޓު ދިނުމުގައި ވެސް ބައިވެރިނުވެވޭނެކަމަށް ހެދިފައިވާ ޤާނޫނުތަކާއި އުސޫލްތަކުން ވަރަށް ސާފުކޮށް އެނގެން އޮތްކަމަށެވެ.

ނަންތައް ފާސްކުރުމަށްޓަކައި ވޯޓަށް އެހުމުން، ޑެޕިއުޓީ މޭޔަރގެ ވޯޓު ހިމަނައިގެން 5 ވޯޓާއިއެކު ނަންތައް ވަނީ ފާސްވެފައެވެ. ނަންތައް ފާސްކުރުމަށް ނުފެންނަކަމަށް 4 މެމްބަރަކު ވޯޓުދެއްވިއެވެ. އަދި 2 މެމްބަރަކު ވަކި ގޮތަކަށް ވޯޓުދެއްވަން ބޭނުންނުވިއެވެ.

ލޯކަލް ގަވަމެންޓް ކުންފުނި

މިކުންފުންޏަކީ އައްޑޫ ސިޓީކައުންސިލުން، ރައުސުލްމާލުން އުފައްދައި، ހިންގުމުގެ ޚަރަދު ބަލަހައްޓާނެ ކުންފުންޏެކެވެ.

މިކުންފުނީގެ ދަށުން ކުރާ ވިޔަފާރިތަކަކީ ޢާއްމުންގެތެރެއިން ބަޔަކު މިހާރު ކުރަމުން ނުދާ ވިޔަފާރިތަކަކަށް ވާންޖެހެއެވެ. މިހާތަނަށް އައިއިރު މިކުންފުނި އުފައްދާ މަޤްޞަދުތަކަކާއި، ކުންފުނިންކުރާނެ ވިޔަފާރި، އަދި ރައުސުލްމާލުގެ ޢަދަދުތައް ޢާއްމުކޮށް ބަޔާންކޮށްފައިނުވެއެވެ.

މީގެ ކުރިން އައްޑޫ ސިޓީގެ ކައުންސިލްގެ ޓްރަސްޓް ފަންޑުން 7 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން އުފައްދާފައިވާ، އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީ (އޭޕީސީ) އިން ވެސް އައްޑޫ ސިޓީ ކައުންސިލް ބޭރުކޮށްފައިވާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

ޓެގްސް: އައްޑޫ ސިޓީ ކައުންސިލް އެލްޖީއޭ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.