ޖެނެސިސް އިންވިޓޭޝަނަލްގެ ފުރަތަމަ ބުރުގައި ނުވަ ވަނަ ޓީ އިން ފައިބައިގެން ދިޔައިރު ވުޑްސް ތޯމަސް އަށް ޓެމްޕަނެއް ހަވާލުކުރަނީ

ދުނިޔެ

ވުޑްސް، ޖަސްޓިން ތޯމަސް އަށް ޓެމްޕޯނެއް ދިން މައްސަލައިގައި މާފަށް އެދެފި

އަލީ އަޒްޔަން - ދުނިޔެ | 18 ފެބުރުއަރީ 2023 , ހޮނިހިރު 09:40   203

ޖެނެސިސް އިންވިޓޭޝަނަލްގައި އިވެންޓުގައި މަޝްހޫރު ގޮލްފް ކުޅުންތެރިޔާ ޓައިގާ ވުޑްސް، ޖަސްޓިން ތޯމަސް ގެ އަތަށް ޓެމްޕޯނެއް އެރުވި މައްސަލަ މީޑިއާގައި ހޫނުވުމާއި ގުޅިގެން، އެއްވެސް އިހާނެތި ކަމެއް އޭނާއަށް ކުރެވިފައިވާނަމަ އެކަމަކަށް އޭނާ މާފަށް އެދިއްޖެއެވެ.

މިކަމެއް ހިނގާފައިވަނީ މުބާރާތުގެ ނުވަ ވަނަ ޓީ ނިންމާލުމަށްފަހު ހިނގައިގަންނަން ފެށިތަނާއެވެ.

ތޯމަސްގެ އަތަށް ސިއްރުން ގޮސް ވުޑް ޓެމްޕޮން ދިނުމާއިއެކު، އޭނާ ބާރަށް ހީލާފައި ބިން މައްޗަށް ވައްޓާލާތަން ފެނިފައިވެއެވެ.

"ކުޅިވަރު ކުޅުމަކީ ހިތްހަމަޖެހޭ މަޖާ ކަމަކަށް ވާއިރު، ސާފުކޮށް އެނގޭ ގޮތުގައި އެކަން އެގޮތަށް ނިމިފައެއް ނުވޭ،" އުމުރުން 47 އަހަރުގެ ވުޑްސް ބުންޏެވެ.

"އެއްވެސް ގޮތަކުން، އެއްވެސް މީހަކު ރުޅިއަރުވާލި ނަމަ މާފަށް އެދެން،" އޭނާ އިތުރަށް ބުންޏެވެ.

"އެއީ އެގޮތަށް ވާން އެދިގެން ގަސްތުކުރި ކަމެއް ނޫން. އަހަރެމެން ހުރިހާ ވަގުތެއްގައި ވެސް އެކަކު އަނެކަކަށް ޕްރެންކް ކުޅެން އަދި ވައިރަލް ގޮތުން އަހަރެންނަށް ހީވަނީ މިކަން އެގޮތަށް ނުފެނުނުހެން، އެކަމަކު އަހަރެމެންގެ މެދުގައި އެކަން ވީ، އެއީ ތަފާތު ކަމެއް."

މިއީ، ވުޑްސް ޖުލައި މަހު ދަ އޯޕަންގައި ކަޓް ގެއްލުނު ފަހުން ކުޅޭ އޭނާގެ ފުރަތަމަ ވާދަވެރި ޕީޖީއޭ ޓުއާ އިވެންޓުގަ އެވެ.

މުބާރާތުގެ ފުރަތަމަ ދުވަހު ހިނގި މި ހާދިސާއަށް ސޯޝަލް މީޑިއާގައި ފާޑުކިޔުންތައް އަމާޒުވިއިރު، ގިނަ ބަޔަކު ވަނީ އެއީ އަންހެނުންނަށް އިހުތިރާމް ކުޑަ ހާދިސާއެއް ކަމަށް ބުނެފަ އެވެ.

ޓެގްސް: ގޮލްފް އެމެރިކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.