އެފްސީ ބާސެލޯނާ

ކުޅިވަރު

ބާސެލޯނާ އިން ރެފްރީންނާއި ގުޅުންއޮތް ކުންފުންޏަކަށް ފައިސާ ދެއްކި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ތަހުގީގު ކުރަންފަށައިފި

އަލީ އަޒްޔަން - ދުނިޔެ | 18 ފެބުރުއަރީ 2023 , ހޮނިހިރު 12:25   186

ސްޕެއިންގެ ރެފްރީ ކޮމިޓީ ސީޓީއޭގެ ކުރީގެ އިސް އޮފިޝަލެއްގެ ކުންފުންޏަކަށް ތިން އަހަރު ދުވަހުގެ ތެރޭގައި 1.5 މިލިއަން ޑޮލަރުގެ ފައިސާ ދެއްކި ކަމަށް ބުނާ މައްސަލައެއް ބާސެލޯނާގެ ޕްރޮސެކިއުޓާ އޮފީހުން ތަޙްޤީގް ކުރަން ފަށައިފިއެވެ.

ސްޕެއިންގެ ރޭޑިއޯ ސްޓޭޝަން ކެޑެނާ އެސްއީއާރު އިން ބުދަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި 2016 އާއި 2018 އާ ދެމެދު ހޯސޭ މާރިއާ އެންރިކޭޒް ނެގްރެއިރާގެ ކުންފުންޏަކަށް އެ ކްލަބުން ސިލްސިލާ ފައިސާތަކެއް ދެއްކި އެވެ.

އޭރު އެންރިކޭޒް ނެގްރެއިރާ ހުންނެވީ ސީޓީއޭގެ ނައިބު ރައީސްގެ މަގާމުގަ އެވެ.

ސީޓީއޭ އަކީ ސްޕެއިންގައި ހަފްތާއަކު އެއްފަހަރު ކުޅޭ މެޗުތައް އޮފިޝަލް ކުރާނީ ކޮން ރެފްރީންނާއި އެސިސްޓެންޓުންނެއްތޯ ނިންމުމުގެ ޒިންމާ އުފުލާ ގަވަނިން ބޮޑީ އެވެ.

އެފްސީ ބާސެލޯނާގެ ފައިނަލް ޕޭމަންޓަކީ 2018 ވަނަ އަހަރުގެ ޖޫން މަހު ކަމަށާއި އެއީ އެންރިކޭޒް ނެގްރެއިރާ ސީޓީއޭ އިން ވަކިވުމާ ދިމާވި ކަމެއް ކަމަށް ކެޑެނާ އެސްއީއާރު އިން ބުނެ އެވެ.

އެ ހިސާބުން ބާސާގެ ކުރީގެ ރައީސް ޖޯސެޕް މާރިއާ ބާޓޮމޭއު ކެޑޭނާ ސެއާ އަށް ބުނީ އޭނާ ފައިސާ ދެއްކުން ހުއްޓާލީ އެ ކްލަބުގައި ކުރާ ހަރަދު ކުޑަކުރުމުގެ ގޮތުން ކަމަށެވެ.

ބާސެލޯނާގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފައިސާ ދެއްކުމާ ގުޅޭ ތަހުގީގުތައް ކުރިއަށްދާކަމަށެވެ.

ކްލަބުން ބުނާ ގޮތުގައި މީގެ ކުރިން "ބޭރުގެ ކޮންސަލްޓަންޓެއް" ހޯދައިގެން ސްޕެއިންގެ އެކި ހިސާބުތަކުން ޒުވާން ކުޅުންތެރިންގެ ވީޑިއޯ ރިޕޯޓްތަކުގެ އިތުރުން "ޕްރޮފެޝަނަލް ރެފްރީން" އާއި ބެހޭ "ޓެކްނިކަލް ރިޕޯޓް" ހޯދުމަށް މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ.

ޓެގްސް: ބާސެލޯނާ ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.