ފަރަންސޭސިވިލާތުގެ ރައީސް އިމެނުއެލް މެކްރޮން

ހަބަރު

ޔޫކްރޭން ހަނގުރާމަ: ރަޝިޔާ 'ފުނޑުފުނޑު' ނުކޮށް، ނަމަވެސް ބަލިކުރަން ޖެހޭ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 19 ފެބުރުއަރީ 2023 , އާދީއްތަ 09:21   141

ޔޫކްރޭނަށް ނަސްރު ހޯދައިދިނުމުގައި ރަޝިޔާ ބަލިކުރަން ކުރާ މަސައްކަތުގައި، އެޤައުމު ފުނޑުފުނޑުކުރަން ނުޖެހޭކަމަށް ފަރަންސޭސިވިލާތުގެ ރައީސް އިމެނުއެލް މެކްރޮން ވިދާޅުވެއްޖެއެވެ.

ފްރަންސޭސި މީޑިއާއާއި ވާހަކަ ދައްކަވަމުން މެކްރޮން ވަނީ ހުޅަނގުގެ ގައުމުތަކަށް ކިއެވްއަށް އަސްކަރީ ތާއީދު އިތުރު ކުރުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ދިގުދެމިގެންދާ ހަނގުރާމައަކަށް ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފަ އެވެ.

"ބޭނުންވަނީ ޔޫކްރޭންގައި ރަޝިޔާ ބަލިވާން، އަދި ބޭނުންވަނީ ޔޫކްރޭންގެ މަގާމު ދިފާއު ކުރެވޭނެ ގޮތް ހެދުން،" އޭނާ ބުންޏެވެ.

އެކަމަކު އޭނާ ވަނީ ރަޝިއާ "ފުނޑުފުނޑުކޮށް" ލުމަށް ގޮވާލައި ހަނގުރާމަ ރަޝިޔާއަށް ވެސް ފުޅާކުރަން ބޭނުންވާ ކަމަށް ބުނަމުންދާ މީހުންނާ ދެކޮޅަށް ފާޑުވިދާޅުވެފަ އެވެ.

މި ވާހަކަތައް ދައްކަވާފައި މިވަނީ ކިއެވްއަށް ހަތިޔާރު ފޯރުކޮށްދިނުން އަވަސްކޮށް، މޮސްކޯއަށް ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމަށް ވައުދުވެފައިވާ މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގައި ދުނިޔޭގެ ލީޑަރުން އެއްވެފައި ވަނިކޮށެވެ.

"އަޅުގަނޑަކަށް ހިއެއް ނުވޭ، ބައެއް މީހުން ހީކުރާ ފަދައިން، އަޅުގަނޑުމެން އަމާޒު ހިފާނީ ރަޝިޔާ މުޅިން ބަލިކުރުމަށް، ރަޝިޔާގެ އަމިއްލަ ބިމުގައި ހަމަލާދީގެން،" މިސްޓަރ މެކްރޮން ލެ ޖާނަލް ޑޫ ޑިމަންޗޭ ނޫހަށް ވިދާޅުވި އެވެ.

"އޮބްޒާވަރުން ބޭނުންވަނީ، އެންމެ މަތީގައި، ރަޝިޔާ ފުނޑުފުނޑުކޮށްލަން. އެއީ ދުވަހަކުވެސް ފްރާންސްގެ މަގާމެއް ނޫން އަދި އެއީ ދުވަހަކުވެސް އަޅުގަނޑުމެންގެ ބޭނުންވާ ގޮތަކަށްނުވާނެ."

ހުކުރު ދުވަހު މިއުނިކްގައި ބޭއްވި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން މެކްރޮން ވިދާޅުވީ މިއީ މޮސްކޯއާ އެކު މަޝްވަރާ ކުރަންވީ ވަގުތު ނޫން ކަމަށެވެ. އެކަމަކު ސުލްހައިގެ ވާހަކަތަކަކީ އެންމެ ފަހުގެ އަމާޒެއްގެ ގޮތުގައި ބާއްވަން ބޭނުންފުޅުވާކަމަށެވެ.

ޓެގްސް: ރަޝިއާ ފްރާންސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.