އިނގިރޭސިވިލާތުގެ ސުޕަމާކެޓެއްގެ ހަރުގަނޑު

ދުނިޔެ

އިނގިރޭސިވިލާތުގެ ސުޕަމާކެޓްތަކުން ތަރުކާރީގެ ބާވަތްތައް ހުސްވެއްޖެ

އަލީ އަޒްޔަން - ޔޫރަޕް | 22 ފެބުރުއަރީ 2023 , ބުދަ 00:07   184

ޔޫރަޕާއި އެފްރިކާގެ މޫސުން ގޯސްވުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ސުޕަމާކެޓްތަކަށް ޓޮމާޓޯ ހިމެނޭ ގޮތަށް ބައެއް މޭވާއާއި ތަރުކާރީ ފޯރުކޮށްދިނުމަށް ބުރޫއަރައިފިއެވެ.

އިނގިރޭސިވިލާތުގެ ރީޓެއިލް ކޮންސޯޓިއަމް (ބީއާރުސީ) އިން ބުނީ ދަނޑުވެރިކަމުގެ ބާވަތްތަކަށް ގެއްލުން ލިބިފައިވަނީ "މޫސުން ގޯސްވުމުގެ ސަބަބުން" ކަމަށެވެ.

ސުޕަމާކެޓްތަކުގައި ހުންނަ ހުސް އަލަމާރިތަކުގެ އެތައް ފޮޓޯތަކެއް ފާއިތުވި ދުވަސްތަކުގައި ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ކަމަށް ވެސް ބުނެފައިވެއެވެ.

މި ސިނާއަތުގެ ތެރޭގައި ހުރި މަސްދަރުތަކުން ބުނަނީ ވަގުތީ ގޮތުން ސަޕްލައި ކުރުމުގެ ގޮންޖެހުންތަކެއް ހުރިކަމަށެވެ.

ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ފޮޓޯތަކުގެ ތެރެއިން ޓޮމާޓޯގެ ދަތިކަން ވަކިން ބޮޑުކަމަށް ފާހަގަ ވެއެވެ.

ފިނިމޫސުމްގައި ބޭނުންކުރާ ޓޮމާޓޯގެ ބޮޑު ބައެއް އުފައްދަނީ މޮރޮކޯއާއި ދެކުނު ސްޕެއިންގައެވެ. ދެ ސަރަހައްދަށް ވެސް ފަހަކަށް އައިސް ފުރަތަމަ އަސަރުކުރީ ހޫނު މޫސުމުގެ އުނދަގުލާއެވެ. އަދި ފިނި މޫސުމާއި އެކުވެސް މިފަދަ ދަތިކަން ވަނީ ދިމާވެފައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މޮރޮކޯއިން ދަތުރުކުރާ ފެރީތައް ކެންސަލް ކުރުމުން ވެސް ވަނީ ސަޕްލައިތަކަށް އަސަރުކޮށްފަ އެވެ.

ބީއާރުސީގެ ޑިރެކްޓަރު އޮފް ފުޑް އެންޑް ސަސްޓެއިނަބިލިޓީ އެންޑްރޫ އޮޕީ ވިދާޅުވީ ސުޕަމާކެޓްތަކަކީ "ސަޕްލައި ޗޭންގެ މައްސަލަތައް މެނޭޖްކުރުމަށް މޮޅު މާކެޓްތަކެއް ކަމަށާއި ކަސްޓަމަރުންނަށް ފުޅާ ދާއިރާއެއްގައި ތާޒާ އުފެއްދުންތައް ލިބޭނެ ގޮތް ހެދުމަށް ދަނޑުވެރިންނާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ" ކަމަށެވެ.

ނަމަވެސް އެހެން ވިޔަފާރިތަކަށް ވެސް ވަނީ އަސަރުކޮށްފަ އެވެ.

އިނގިރޭސިވިލާތުގެ ހުޅަނގު ދެކުނުގެ ރެސްޓޯރެންޓްތަކާއި ކެފޭތަކާއި ސްކޫލްތަކަށް ސަޕްލައި ކުރާ ހޯލްސޭލަރެއް ކަމަށްވާ ވިލްޓްޝަޔަރގެ ހެރިޓޭޖް ފައިން ފުޑް ކޮމްޕެނީން ވަނީ ޓޮމާޓޯ ހޯދުމަކީ "ގަބޫލުކުރަން ދަތި ވަރުގެ ގޮންޖެހުންތަކެއް" ހުރިކަމަށް ކުންފުނީގެ ވެބްސައިޓުގައި އިންޒާރު ދީފަ އެވެ.

އެ ކުންފުނިން ބުނެފައި ވަނީ ކިއުކަމްބާ ވެސް "ގަބޫލުކުރަން ދަތި ޢަދަދަކަށް ސަޕްލައި ދަށް" ކަމަށެވެ.

ވިއްސާރައިގައި އިނގިރޭސިވިލާތުން އެތެރެކުރާ ބައެއް މޭވާއާއި ތަރުކާރީގެ ބައެއް އަންނަނީ ނެދަލެންޑްސްއިންނވެ. އެތަންތަނުގައި އެތަކެތި އުފައްދަނީ ބޮޑެތި ގްރީންހައުސްތަކުގައެވެ.

އެތަކެތި އުފައްދާ ވިޔަފާރިތަކަށް ހަކަތަގެ އަގު ބޮޑުވުމުގެ ސަބަބުން ވެސް ވަރަށް ބޮޑަށް އަސަރުކޮށްފައިވާކަން ސާފުވި ނަމަވެސް، އެކަމުގެ އަސަރު އިނގިރޭސިވިލާތުގެ ސަޕްލައިތަކަށް ކުރި ކަމެއް ސާފެއް ނުވެ އެވެ.

ޓެގްސް: އިނގިރޭސިވިލާތް މުދާ ހުސްވުން ޔޫރަޕް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.