މަގުމަތީގެ ޙާދިސާތަކުގައި އަނިޔާ ލިބޭ ގިނަ މީހުންނަކީ ޒުވާނުން | ފޮޓޯ: މާލޭގެ މަގެއްގައި ބަޔަކު ޒެބްރާ ކްރޮސް ކުރަނީ

ދީން

ޚުޠުބާ : މުއުމިނުން މަގުމަތީގައި މަގުމަތީގައި ދުއްވަންވާނީ މީހާކަށް ތުރާލެއް ނުލިބޭގޮތަށް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 24 ފެބުރުއަރީ 2023 , ހުކުރު 13:05   415

ހުކުރު ދުވަހުގެ ޚުޠުބާ ޚާއްޞަކޮށްފައިވަނީ އަމިއްލަ ނަފްސުތަކުގެ މައްޗަށް އަނިވެރިނުވުމަށް ބިނާކޮށެވެ.

މިގޮތުން ނަފްގެ މަތިވެރިކަމާއި އަގުބޮޑުކަން ބަޔާންކޮށް، ނަފްސުތައް ރައްކާތެރިކޮށް ނަފްސުތަކަށް ގޯނާކުރުމުން ދުރުވުމަށާޢި އިޙްޞާންތެރިވުމަށް ގޮވާލާފައިވެއެވެ. އަދި މިއިޙްސާތެރިކަމުގައި އެހެން މީހުންގެ ފުރާނައާއި ނަފްސުތަކަށް ލިބޭގެއްލުންތަކަށް ސަމާލުވުމަށް ވެސް ގޮވާލާފައިވެއެވެ.

މަގުމަތީގައި އާއި ކަނޑުމަތީގައި އުޅަނދުފަހަރު ދުއްވާއިރު މާބާރަށް އެހެންމީހުންނާއި ތިމާގެ ފުރާނައަށް ނުރައްކާވާފަދަގޮތަށް ދުއްވުމުން ލިބޭ ގެއްލުންތަކުގެ މައްޗައްވެސް އަލި އަޅުއްވާލައްވާފައިވެއެވެ. އަދި ވަކިން ޚާއްސަކޮށް އެކްސިޑެންޓްތަކުގައި އަނިޔާ ލިބޭ ގިނަ މީހުންނަކީ ޒުވާނުންކަން ބަޔާންކޮށް، ދުއްވާއިރު ފޯނާއި ކުޅެމުން ދިއުމުންނާއި ރޭސް ޖެހުމުން އެކްސިޑެންޓްވެ، މައިންބަފައިންނާއި ޢާއިލާތައް ބަރުދާސްތުކުރާ ހިތާމައިން އެމީހުން ސަލާމަތްކުރުމަށް ހަނދާންކޮށްދެވިފައިވެއެވެ. މިފަދަ އެކްސިޑެންޓްތަކުގެ ސަބަބުން ޤައުމަށް ފައިދާހުރި އެތައްފުރާނައެއް ދުނިޔެއާއި އަލްވަދާޢުކިޔަން ޖެހި، ނުވަތަ ނުކުޅެދުންތެރިކަމާއި ކުރިމަތިލާންޖެހި، ޅަދަރިންނާއި އަނބިންނާއި ފިރިން އުފުލަންޖެހޭ ތަކުލީފްތައް ވެސް ހަނދާންކޮށްދެވިފައިވެއެވެ.

އެހެންކަމުން ޤަވާއިދުތަކަށް ފަރުތެރިކަން ބަހައްޓައި މަޤުމަތީގެ ޤަވާޢިދުތަކާއި އުސޫލްތަކަށް ތަބާވުމަށް ވިސްނުން ބެހެއްޓުމަށް ގޮވާލެވިފައިވެއެވެ.

ޓެގްސް: ޚުތުބާ އިސްލާމްދީން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.