އަފްޢާނިސްތާނާއި ރާއްޖެ ކުޅުނު މެޗު، ސީދާ ތިން ސެޓުން ކާމިޔާބުކުރީ އަފްޢާނިސްތާނުން

ކުޅިވަރު

ފޯ ނޭޝަންސް ވޮލީ، އަފްޢާނުން ރާއްޖެ ބަލިކޮށްފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 26 ފެބުރުއަރީ 2023 , އާދީއްތަ 08:09   179

ރާއްޖޭގައި މިހާރު ކުރިއަށްދާ ފޯ ނޭޝަން އިންޓަނޭޝަނަލް ވޮލީބޯޅަ މުބާރާތުގައި ހޮނިހިރު ދުވަހު ކުޅުނު މެޗުގައި، އަފްޣާނިސްތާނުން ރާއްޖޭގެ މައްޗަށް ސީދާ ތިން ސެޓުން ކާމިޔާބު ހޯދައިފިއެވެ.

ސެޓްތައް އަފްޣާނު ޓީމުން ގެންދިޔައީ 26-24، 25-21 އަދި 25-22 ންނެވެ.

މިނަތީޖާ އާއިއެކު، ރައުންޑް ރޮބިންގެ ބުރުގެ އެއްވަނަ ހޯދައިފައިވަނީ ވެސް އަފްޢާނިސްތާނުންނެވެ. މި ބުރުގައި ރާއްޖެ ދިޔައީ ތިންވަނަ އަށެވެ. މެލޭޝިއާ އަށް ދެވުނީ ދެވަނަ އެވެ. ސިންގަޕޫރު ލައްވާލީ ހަތަރުވަނަ އަށެވެ.

ދެން ކުރިއަށް އޮތީ ސެމީ ފައިނަލްގެ ކުޅުމެވެ. އާދީއްތަ ދުވަހު ކުޅޭ، ސެމީ ފައިނަލުގައި ވާދަ ކުރާނީ އެއްވަނަ ޓީމާއި ހަތަރުވަނަ ޓީމެވެ. އެހެންކަމުން އެމެޗުގައި ރާއްޖެ ބައްދަލުކުރާނީ މެލޭޝިއާ އާއިއެވެ. އަދި އަފްއާނާއިއެކު ކުޅޭނީ ސިންގަޕޫރުންނެވެ.

ޓެގްސް: ވޮލީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.