ވޯލްޑްކަޕް 2022 ޑްރޯ އަށް ތައްޔާރުވަނީ

ކުޅިވަރު

ވޯލްކަޕް ގުރު ނެގުން އޭޕްރިލް 1 ގައި

އަލީ އަޒްޔަން - އޭޝިއާ | 21 މާރޗް 2022 , ހޯމަ 11:41   331

ދުނިޔޭގެ އެންމެ ބޮޑު ކުރިވަރު ޙަރަކާތް ކަމުގައިވާ ފީފާ ވޯލްޑްކަޕް 2022 މިފަހަރު އޮތީ ގަތަރު ގައެވެ. މުބާރާތް އޮންނާނީ ނޮވެމްބަރު މަހުގެ 21 އިން ޑިސެމްބަރު މަހުގެ 18 އަށެވެ.

ރަޝިއާގައި އެންމެފަހުން ކުޅުނު ވޯލްޑްކަޕް 2018 ގެ ތާރީޚީ މުބާރާތުގައި ޗެމްޕިއަން ތަށި ހޯދާފައިވާ ފްރާންސުން ނިކުންނާނީ ތަށި ދިފާޢު ކުރުމަށެވެ.

ޔޫރަޕްގައި ކުރިއަށްދާ ހަނގުރާމަ އާއި ހެދި ރަޝިއާ އަދި ޔޫކްރޭނަށް މުބާރާތުގައި ބައިވެރިވެވޭ ކަމާއި މެދު ވަނީ ސުވާލު އުފެދިފައެވެ.

މި ފަހަރުގެ މުބާރާތުގައި އެންމެ ފާހަގަކޮށްލެވޭނެ އެއް ޓީމަކީ، ޓީމް ބެލްޖިއަމެވެ. ބެލްޖިއަމް އޮތީ ފީފާ ވޯލްޑް ރޭންކިންގައި އެންމެ ކުރީގައެވެ.

ވާދަވެރި 32 ގައުމެއް ކުޅޭ މިމުބާރާތް އޮންނާނީ ޖުމްލަ 8 ގުރޫޕަކަށް ބަހާ ލެވިފައެވެ. މުބާރާތް ބާއްވާ ގައުމު، ގަތަރު އޮންނާނީ އެންމެ ފުރަތަމަ ގުރޫޕްގައެވެ. އެހެން ހުރިހާ ޓީމެއް ވެސް ގުރޫޕުތަކަށް ލެވޭނީ ގުރު ނެގިގެންނެވެ.

ފީފާ ވޯލްޑް ރޭންކިން:

  1. ބެލްޖިއަމް
  2. ބްރެޒިލް
  3. ފްރާންސް
  4. އާޖެންޓީނާ
  5. އިންގްލެންޑް
  6. އިޓަލީ
  7. ސްޕެއިން
  8. ޕޯޗުގަލް

ގުރުއަތުލުން އޮންނާނީ 1 އޭޕްރިލް ވާ ހުކުރު ދުވަހު، ރާއްޖެ ގަޑިން ރޭގަނޑު 8.30 ގައި، ގަތަރުގެ ވެރިރަށް ދޯހާގައެވެ. މިޙަރަކާތް ޓެލެމުންޑޯ ޗެނެލް މެދުވެރިކޮށް ދުރަށް ދައްކާނެއެވެ. އަދި ފީފާގެ އޮފިޝަލް ވެބްސައިޓް (Fifa.com) އިންނާއި ފީފާގެ ހުރިހާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ލައިވް ކުރާނެއެވެ.

މިއީ ދުނިޔޭގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ވިންޓާރ މޫސުމާއި ދިމާކޮށް މިމުބާރާތް ބާއްވާ ފަހަރެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.