މެކްސިކޯ ސިޓީގައި މުޒާހަރާގެ ބައިވެރިން ވަނީ ސެންޓްރަލް ޒޮކަލޯ ސްކުއަރ އާއި ޖެހިގެން ހުރި މަގުތައް ފުރާލާފައި

ދުނިޔެ

މެކްސިކޯ، ބައި މިލިއަނެއްހާ މީހުން މަގުތަކަށް ނިކުމެ ސަރުކާރުގެ ވޯޓާއިގުޅޭ ސިޔާސަތުތަކާއި ދެކޮޅަށް މުޒާހިރާކުރަނީ

އަލީ އަޒްޔަން - ދުނިޔެ | 27 ފެބުރުއަރީ 2023 , ހޯމަ 08:55   209

މެކްސިކޯގައި، އިންތިހާބީ އިދާރާތަކަށް ބުރޫ އެރުވުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތަކާ ދެކޮޅަށް ބައެއް ސިޓީތަކުގައި ބޮޑެތި އެއްވުންތަކާއި މުޒާހިރާތައް ބާއްވަން ފަށައިފިއެވެ.

އެންމެ ބޮޑު އެއް ސިޓީކަމަށްވާ، މެކްސިކޯ ސިޓީގައި ކުރިއަށް ގެންދިޔަ މުޒާހިރާތަކުގައި އެ ސިޓީގެ މައި ޕްލާޒާ ސަރަޙައްދުގައި ފަސް ލައްކަ މީހުންގެ ހިނގާލެމެއް ކުރިއަށްދިޔަކަމަށް އިންތިޒާމް ކުރާ ފަރާތްތަކުން ބުނެ އެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ އެތަނަށް އެއްވެފައިވަނީ 90،000 އެއްހާ މީހުންކަމަށެވެ.

ނޭޝަނަލް އިލެކްޓޯރަލް އިންސްޓިޓިއުޓް (އައިއެންއީ)، ނުވަތަ އެޤައުމުގެ އިންތިޚާބީ ކަންކަމާއިގުޅޭ އިދާރާ ގެ ބަޖެޓް ކުޑަކުރުމަށާއި މުވައްޒަފުން މަދުކުރުމަށް، ސަރުކާރުން ބާރުދީގެން، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން މިދިޔަ ހަފްތާގައި ވަނީ ވޯޓު ދީ ފާސްކޮށްފައެވެ.

އެކަމަކު އިދިކޮޅު ފަރާތްތަކުން، ދާދި ފަހުން ނެގި ވޯޓަކީ ޚުދު ޑިމޮކްރަސީއަށް ދިން ހަމަލާއެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ހުކުރު ދުވަހު މެކްސިކޯ ސިޓީގެ ތާރީހީ ޒޯކާލޯ ސްކުއަރ އަށް ގިނަ ބަޔަކު އެއްވެފައިވެ އެވެ. މުޒާހަރާގެ ބައިވެރިން ވަނީ ވެރިރަށުގެ މެދުތެރެއިން ޖެހިޖެހިގެން ހުރި މަގުތަކަށް ތަކެތި އުކާލާފައެވެ.

"އަހަރެމެން މި ހަނގުރާމަ ކުރަނީ އަހަރެމެންގެ ޑިމޮކްރަސީ ދިފާއު ކުރަން،" މުޒާހަރާގެ ބައިވެރިޔާ ވެރޮނިކާ އެޗެވަރިއާއާ ހަވާލާދީ ރޮއިޓާސް އިން ބުނެފައިވެ އެވެ. ގިނަ މުޒާހަރާގެ ބައިވެރިން ހިފައިގެން ދިޔައީ މިފަދަ ޝިއާރު ޖަހާފައިވާ ކާޑުތަކެކެވެ.

ކުދިކުދި ސުލްހަވެރި މުޒާހަރާތައް އެހެން ބައެއް ސިޓީތަކުގައި ވެސް ކުރިއަށް ގެންދިޔަ އެވެ.

2018 ވަނަ އަހަރު އިންތިޚާބު ކާމިޔާބުކުރިފަހުން ލޮޕޭޒް އޮބްރަޑޯ ދަނީ އައިއެންއީ އިސްލާހު ކުރުމަށް ބާރު އަޅަމުންނެވެ. އޭނާ ވިދާޅުވަނީ އިދާރާގެ މުވައްޒަފުން ވަރަށް ބޮޑަށް މަދުކޮށްގެން ޓެކްސް ދައްކާ ފަރާތްތަކަށް އަހަރަކު 150 މިލިއަން ޑޮލަރު (125 މިލިއަން ޕައުންޑް) ސަލާމަތް ކުރެވޭނެ ކަމަށެވެ.

ނަމަވެސް މުޒާހިރާކުރާ ފަރާތްތަކުން ބުނަނީ މިއީ އެގައުމުގައި އޮތް ޑިމޮކްރެޓިކް ވެށި ހަލާކުކޮށްލަން ސަރުކާރުން ހިންގާ ޖަރީމާއެއްކަމަށެވެ.

ޓެގްސް: މެކްސިކޯ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.