އާޖެންޓީނާގެ ޤައުމީ ޓީމުގެ ކުޅުންތެރިޔާ، މެސީ އެމްބާޕޭ އާއިއެކު އުފާ ފާޅުކުރަނީ

ކުޅިވަރު

މެސީ، 700ވަނަ ކްލަބް ގޯލްޖަހައި ޕީއެސްޖީގެ ލީޑު ފުޅާކޮށްފި

އަލީ އަޒްޔަން - ދުނިޔެ | 27 ފެބުރުއަރީ 2023 , ހޯމަ 09:11   247

ލިއޮނަލް މެސީ ވަނީ އޭނާގެ 700 ވަނަ ކްލަބް ގޯލް ކާމިޔާބުކޮށް ލީގުގެ އެއްވަނައިގައި އޮތް ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އަށް ޗެމްޕިއަންކަން ހޯދުމުގެ ފުރުޞަތު އިތުރަށް ތަނަވަސްކޮށްދީފިއެވެ.

މިމެޗު ކުޅެފައިވަނީ ވާދަވެރި މާސޭ އާއި ދެކޮޅަށެވެ.

އާޖެންޓީނާގެ ކެޕްޓަން، މެސީ ވެގެން ގޮސްފައިވަނީ ޔޫރަޕްގެ ގަދަ ފަސް ލީގުގެ ލޭންޑްމާކް އަށް ދިޔަ ދެވަނަ ކުޅުންތެރިޔާއަށެވެ. ކުރިން މިމަގާމާއި ހަމައަށް ދެވިފައިވަނީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށެވެ.

މި މޮޅާއެކު ޕީއެސްޖީއަށް ވަނީ އަށް ޕޮއިންޓުގެ ލީޑެއް ލިބިފައެވެ.

މެޗުގެ 25 ވަނަ މިނެޓްގައި ރީގޮތަކަށް އެޓީމުގެ އެމްބާޕޭ ވަނީ މެސީގެ އެސިސްޓަކުން ލަނޑެއް ވެސް ޖަހާފައެވެ.

ވޯލްޑް ކަޕް ކާމިޔާބުކުރި މެސީ މިހާރު ވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުން ޕީއެސްޖީއަށް 28 ލަނޑު ޖަހައިދީފަ އެވެ.

ހުރިހާ އިރެއްގައިވެސް އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ގޮތުގައި ބެލެވޭ މެސީ ވަނީ އުމުރުން 13 އަހަރުގައި އޭނާ ގުޅުނު ކުލަބު ބާސާއަށް ކުޅުނު 778 މެޗުން ރެކޯޑް އަދަދަކަށް 672 ގޯލު ޖަހައިދީފައެވެ.

އޭނާ ވަނީ ރެކޯޑެއްގެ ގޮތުގައި ހަތް ފަހަރު ބެލޮންޑިއޯ އެވޯޑް ހޯދައި، ކެޓަލޯނިއާ ކްލަބާއެކު 35 ތަށި އުފުލާލުމުގެ ކުރިން ޕީއެސްޖީއާއެކު ހޭދަކުރި ދުވަސްތަކުގައި އިތުރު ދެ ތަށި އިތުރުކޮށްފަ އެވެ.

އުމުރުން 35 އަހަރުގެ މެސީއަށް ފީފާ ބެސްޓް އެވޯޑް ހޯމަ ދުވަހު ލިބޭނެ ކަމަށް ބެލެވެ އެވެ.

ރޮނާލްޑޯ ވަނީ މި ސީޒަނުގެ ކުރީކޮޅު 700 ވަނަ ގޯލު ފަހަނައަޅައި ގޮސްފައެވެ. އަދި އޭނާ ވަނީ މެންޗެސްޓާ ޔުނައިޓެޑުގައިހެރެފައި، ޔޫރަޕްގެ ކްލަބުގެ 701 ގޯލް ޖަހައިގެން ސައުދީ އަރަބިއްޔާގެ އަލް ނަޞްރަށް ފުރައިގެން ގޮސްފައެވެ.

މެސީ އަކީ ވެސް އާޖެންޓީނާގެ ރެކޯޑް ގޯލް ޖެހި ކުޅުންތެރިޔާ އެވެ. އޭނާ 98 ގޯލް ޖަހައިގެން އޭނާގެ ގައުމަށް 100 ގޯލް ޖެހި ތިން ވަނަ ކުޅުންތެރިޔާގެ މަގާމާގާތަށް ޖެހިލާފައިވެއެވެ.

ޓެގްސް: އާޖެންޓީނާ ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.