ޗައިނާގެ ލެބެއްގައި ޓެސްޓްތަކެއް ކުރަނީ

ހަބަރު

ޗައިނާއިން ކޮވިޑް އަސްލު އައިގޮތާއިމެދު ތެދުވެރިވާން ޖެހޭނެ ކަމަށް އެމެރިކާއިން އަނެއްކާވެސް ބުނެފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 28 ފެބުރުއަރީ 2023 , އަންގާރަ 21:18   184

އެމެރިކާއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ވަނީ ކޮވިޑް-19 ވައިރަސްގެ އަސްލުތަކާ މެދު "ތެދުވެރި" ވުމަށް އަނެއްކާވެސް އެގައުމަށް ގޮވާލާފަ އެވެ.

މަންދޫބުގެ ވާހަކަތައް ބިނާކޮށްފައިވަނީ ވޫހާންގައި ހުރި ލެބޯޓްރީއިން ލީކުވެގެން ފެށުނުކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކުރި ކަމަށްބުނެ ފެޑެރަލް އެޖެންސީތަކުގެ ބައިވެރިވުން ފެނިފައިވާ ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެފައިވާތީ އެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ ކޮވިޑްގެ އަސްލަކީ "ސައިންސާއި ބެހޭ ކަމެއް ކަމަށާއި ސިޔާސީ ގޮތުން އެހާ މުހިންމު ކަމެއް ނޫން" ކަމަށެވެ.

އެމެރިކާއިން މި މަހު ޗައިނާގެ ޖާސޫސީ ބެލޫނެއް ވައްޓާލި ފަހުން ވޮޝިންޓަން-ބެއިޖިން ގުޅުންތައް ވަނީ ގޯސްވެފަ އެވެ.

ޓެގްސް: ޗައިނާ އެމެރިކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.