އެފްސީ އަފިރިން ފުޓްސަލް ޗެލެންޖް 2023 ގެ ގުރުނެގުން ބާއްވައިފިއެވެ.
މި ގުރު ނެގުމުގެ ރަސްމިއްޔާތު ބޭއްވިފައިވަނީ މަރަދޫ ޔޫތު ސެންޓަރުގައި ބުރާސްފަތި ދުވަހުގެ ރެއެވެ. ޖުމްލަ 19 ޓީމަކުން ރޭގެ ގުރު ނެގުމުގައި ބައިވެރިވެފައިވެއެވެ. އެހެންކަމުން މިއީ މިފަހުގެ ތާރީޚެއްގައި އައްޑޫގައި ބޭއްވޭ އެންމެ ގިނަ ޓީމު ބައިވެރިވާ މިފަދަ ފުރަތަމަ ފުޓްސަލް މުބާރާތެވެ.
މުބާރާތް އޮންނާނީ މަރަދޫ ފޭދޫ ފުޓްސަލް ދަނޑުގައި މާޗްމަހުގެ 5 އިން 18 އަށްކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން މަޢްލޫމާތު ދެއްވާފައިވެއެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖް މެޗުތަކުގެ ތާވަލު

އާދީއްތަ ދުވަހުގެރޭ މުބާރާތް ފެށިގެންދާއިރު، ފުރަތަމަ މުޗުގައި ބައްދަލު ކުރާނީ އެފްސީ ސްޕްރިންޓް އަދި ކްލަބް ވައި-އެމް އެވެ. މިމެޗު ފެށޭނީ އާދީއްތަ ދުވަހުގެރޭ 8.30 ގައެވެ. ހަމަ އެރޭ ދެވަނަ މެޗުގައި ބައްދަލު ކުރާނީ ފޯލޭންޑް ކްލަބާއި ޔުނައިޓެޑް މައިލޯއެވެ.
ގުރު ނެގުމުގެ ރަސްމިއްޔާތު (ވީޑީއޯ ފުޓޭޖް)
މިލިޔުމާއި ގުޅޭ
މިމުބާރާތުގެ މީޑިއާ ޕާޓްނަރަކީ އެކްސްޕްރެސް ނިއުސް އެވެ.