ސީއެންެއެން އިން ބުނެފައިވަނީ މަރުވި މީހާ އަކީ ފްލޮރިޑާގެ ރައްޔިތެއްކަމަށް

ދުނިޔެ

މަދުން ނޫނީ ނުފެންނަ ސިކުނޑިއަށް ކާ ޒާތުގެ އަމީބާއެއްގެ ޝިކާރައިގައި ޖެހި އެމެރިކާގައި މީހަކު މަރުވެއްޖެ

އަލީ އަޒްޔަން - އެމެރިކާ | 3 މާރޗް 2023 , ހުކުރު 20:01   176

އެމެރިކާގެ ފްލޮރިޑާގެ ރައްޔިތެއް، އޭނާގެ ސިކުނޑި އެމީބާގެ ވައްތަރެއް ކާލުމުގެ ސަބަބުން މަރުވެއްޖެކަމަށް އެމެރިކާގެ ނޫސް އެޖެންސީތަކުން ބުނެފިއެވެ.

ފްލޮރިޑާގެ މިމީހާ މަރުވެފައިވަނީ މަދުން ނޫނީ ނުފެންނަ ސިކުނޑިއަށް ކާ ޒާތުގެ އަމީބާއެއްގެ ޝިކާރައިގައި ޖެހިގެން ކަމަށް އޮފިޝަލުން ބުނެ އެވެ.

ސީއެންއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފްލޮރިޑާގެ ހުޅަނގު ދެކުނުގައި އޮންނަ ޝާލޮޓް ކައުންޓީގެ ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި އަމީބާއެއްގެ ޝިކާރައަކަށް ވެފައިވާ މީހާއަށް މިބަލި ޖެހުނުކަމަށް ބެލެވެނީ، ސަޕްލައި ފެނުން ނޭފަތް ދޮތުމުގައެވެ.

އޮފިޝަލުން އިތުރަށް ބުނެފައިވަނީ މިދަފަ ބައްޔަކީ ފުރާނައަށާް ވަރަށް ނުރައްކާތެރި ބައްޔެއްކަމަށެވެ.

ސެންޓަރސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) ބުނެފައިވަނީ، ގާތްގަނޑަކަށް މިބަލިޖެހޭ އެންމެން މަރުވާކަމަށެވެ.

މަރުވެފައިވާ މީހާގެނަން ކަމާއިބެހޭ އިދާރާތަކުން ހާމަކޮށްފައި ނުވެއެވެ. ނަމަވެސް، ބުރާސްފަތި ދުވަހު އެ ސްޓޭޓްގެ ސިއްހީ އިދާރާގެ ތަރުޖަމާނަކު ވަނީ ބަލިމީހާ މަރުވެފައިވާކަން ކަށަވަރުކޮށްދީފަ އެވެ.

ސަރުކާރުގެ އެތައް އިދާރާއެއްގެ ތެރެއިން އޮފިޝަލުން "މި އިންފެކްޝަން ހިނގި ގޮތް ތަހުގީގު ކުރަމުން ގެންދާ" ކަމަށް ތަރުޖަމާނު ޖޭ ވިލިއަމްސް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އޮފިޝަލުން "ލޯކަލް ޕަބްލިކް ޔުޓިލިޓީސްއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ޔުޓިލިޓީސް އަށް ވެސް ލިންކެއް ހޯދައި، އިސްލާހު ކުރަން ޖެހޭ އެއްވެސް ކަމެއް ހުރިނަމަ އެކަމެއް ކުރަން" މަސައްކަތް ކުރަމުންދާ ކަމަށެވެ.

އާންމުކޮށް އަމީބާ ދިރިއުޅެނީ ސްވިމިން ޕޫލާއި ލޭކްތައް ފަދަ ހޫނު ތާޒާ ފެނުގައި އެވެ.

ޓެގްސް: ސިއްޙަތު ސިކުނޑީގެ ދުޅަހެޔޮކަން ބަލިމަޑުކަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.