ފޮރިން މިނިސްޓަރު ޝާހިދު އިންޑިއާގެ ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވަނީ

ހަބަރު

ފޮރިން މިނިސްޓަރު ޝާހިދު އިންޑިއާގެ ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 4 މާރޗް 2023 , ހޮނިހިރު 11:08   170

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، އިންޑިއާގެ އެކްސްޓަރނަލް އެފެއަރސް މިނިސްޓަރ (ފޮރިން މިނިސްޓަރ) ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރްއާއި ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުވުން ބާއްވާފައިވަނީ، ރައީސީނާ ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެތެރެއިނެވެ. ބައްދަލުވުން ބާއްވާފައިވަނީ އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގައެވެ.

މިބައްދަލުވުމުގައި ދެ މިނިސްޓަރުން ވަނީ ދެޤައުމުގެ މެދުގައި އޮތް ގާތް އެކުވެރި ގުޅުންތަކާއި، ދެމުންގެންދާ އެއްބާރުލުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި މިނިސްޓަރ ޝާހިދު ވަނީ އިންޑިއާއިން ރާއްޖެއަށް ދެމުންގެންދާ އެހީތަކަށް ޝުކުރުއަދާކުރައްވައި ދެޤައުމުގެ މެދުގައި މެދުނުކެނޑި މަޝްވަރާތައް ބޭއްވުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ޖައިޝަންކަރުގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ދިވެހި ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި ދެޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ ގުޅުމުގެ ކާމިޔާބީ ފާހަގަކުރައްވައި، އިންޑިއާގެ ހިލޭ އެހީއާއި، ލައިން އޮފް ކްރެޑިޓްގެ ދަށުން ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫޢުތައް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވައި އެކަންކަމަށް އަލި އަޅުއްވާލައްވާފައެވެ.

މިނިސްޓަރ ޝާހިދު އިންޑިއާއަށް ކުރައްވަމުންދާ މި ދަތުރުފުޅަކީ 3 ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ.

ޓެގްސް: ފޮރިން މިނިސްޓްރީ އިންޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.