އެންމެ ބޮޑު އިދިކޮޅު ލީޑަރު ކެމް ސޯޚާ ޖަލަށްލުމާއިގުޅިގެން ޙައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ އެކަން ކުށްވެރިކޮށްފައި

ދުނިޔެ

ކެމްބޯޑިއާގެ އިދިކޮޅު ލީޑަރު 27 އަހަރަށް ޖަލަށްލައިފި

އަލީ އަޒްޔަން - އޭޝިއާ | 5 މާރޗް 2023 , އާދީއްތަ 10:57   171

ކެމްބޯޑިއާގެ އެންމެ ކުރީގައި އުޅުއްވާ އިދިކޮޅު ލީޑަރު ކެމް ސޯޚާ މައްޗަށް 27 އަހަރުގެ ޖަލު ހުކުމް ކޮށްފައި ވާތީ އެކަން ބައިނަލްޢަޤްވާވީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ ކުށްވެރިކޮށްވެރިކޮށް ފާޑު ކިޔާފައެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނަނީ އެ ޝަރީއަތަކީ ސިޔާސީ މަގްސަދުގައި ހިންގާފައިވާ ޝަރީއަތެއް ކަމަށެވެ.

މިހާރު އުވާލާފައިވާ ކެމްބޯޑިއާ ނޭޝަނަލް ރެސްކިއު ޕާޓީ (ސީއެންއާރުޕީ)ގެ ކުރީގެ ލީޑަރު ކެމް ސޮކާ އަށް ޖުލައި މަހު ބާއްވާ އިންތިހާބުގައި ވާދަކުރުމާއި ވޯޓުލުން ވެސް ވަނީ މަނާކޮށްފަ އެވެ.

ބޮޑުވަޒީރު ހަން ސެންގެ ސަރުކާރު ވައްޓާލުމަށް ބޭރުގެ ބާރުތަކާ އެކު ރޭވާފައިވާކަމަށް ކުރާ ދައުވާތަކަށް އޭނާ އިންކާރު ކުރެ އެވެ.

އޭނާގެ ވަކީލުން ބުނީ ޚިޔާނާތުގެ ހުކުމް އިސްތިއުނާފު ކުރަން ނިންމާފައިވާކަމަށެވެ.

ހުކުރު ދުވަހު ކޯޓުން ކުރި ހުކުމަށް ހައްގުތަކާ ބެހޭ ޖަމާއަތްތަކާއި ހުޅަނގުގެ ސަރުކާރުތަކުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ކެމް ސޯޚާ އެންމެ ފުރަތަމަ ހައްޔަރުކުރީ 2017 ވަނަ އަހަރު، އެމެރިކާގެ ޑިމޮކްރަސީއަށް ތާއީދުކުރާ ޖަމާއަތްތަކުގެ ތާއީދު ލިބިފައިވާ ކަމަށް ބުނެ 2013 ވަނަ އަހަރު ނެރުނު ވީޑިއޯއަށް ބިނާކޮށެވެ.

އެމެރިކާ އެމްބަސީން ބުނީ އެ މައްސަލައަކީ "ރޭވުމެއްގެ މައްޗަށް ބިނާކޮށް" ތިލަކުރި މައްސަލައެއް ކަމަށާއި އެ މައްސަލައަކީ "އިންސާފުން އެއްކިބާ ވެފައިވާ" ކަމެއްކަމަށެވެ.

"ދައުވާގެ އަސާސާއި ޝަރީއަތް ކުރިއަށް ގެންދިއުމާ މެދު" ކަންބޮޑުވާ އދ. އިން ވެސް ބުނެއެވެ.

ކެމްބޯޑިއާގެ ލީޑަރު ހަން ސެން އަކީ 1985 ވަނަ އަހަރުން ފެށިގެން ވެރިކަމުގައި ހުންނެވި ދުނިޔޭގެ އެންމެ ގިނަ ދުވަހު ވެރިކަންކުރަމުން އަންނަ ޚުދުމުޚުތާރު ވެރިންގެ ތެރެއިން އެކަކެވެ.

ގިނަ ބަޔަކު ލަފާކުރާ ގޮތުގައި ޖުލައި މަހު ބާއްވާ އެގައުމުގެ އާންމު އިންތިހާބުގައި އޭނާ އަލުން ވާދަކުރައްވާނެއެވެ. ނަމަވެސް ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އޭނާގެ ވެރިކަން ބަދަލުވާނީ އޭނާގެ ދޮށީ ދަރިކަލުން ހަން މަނޭޓާ އަށެވެ.

ޓެގްސް: ކެމްބޯޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.