ގްރެގް ޓުމްބް (ވ) ޒޫމް ކުންފުނީގެ އޮފީހުގައި

ޓެކްނޯލޮޖީ

ޒޫމް ކުންފުނީގެ ރައީސް މަޤާމުން ވަކިކޮށްފި

އަލީ އަޒްޔަން - ދުނިޔެ | 5 މާރޗް 2023 , އާދީއްތަ 11:24   191

ވީޑިއޯ ކޮންފަރެންސިން ޕްލެޓްފޯމް ޒޫމްގެ ރައީސް، އަދި ގޫގުލްގެ ކުރީގެ އެގްޒެކެޓިވް ގްރެގް ޓޮމްބް މަގާމުން ވަކިކޮށްފި އެވެ.

ޓޮމްބްގެ ކޮންޓްރެކްޓް ކުއްލިއަކަށް އުވާލާފައިވަނީ "ސަބަބެއް ނެތި" ކަމަށް އެ ކުންފުނިން ރެގިއުލޭޓަރީ ފައިލިންގައި ބުނެފައިވެ އެވެ.

އޭނާ ވަނީ 2022 ވަނަ އަހަރުގެ ޖޫން މަހު އެ މަގާމާ ހަވާލުވެ، އާމްދަނީ ހޯދުމަށް ކުރާ ކޯލްތަކާއި ކުންފުނީގެ ސޭލްސް ބެލެހެއްޓުމުގައި ހަރަކާތްތެރިވެފަ އެވެ.

ޓޮމްބް ސީދާ ރިޕޯޓް ކުރައްވަމުން ގެންދެވީ 2011 ވަނަ އަހަރު ޒޫމް ފެށި ޗީފް އެގްޒެކެޓިވް އޮފިސަރު އެރިކް ޔުއާން އަށެވެ.

ކޮވިޑް ތެރޭގައި މީހުން ގޭގައި މަޑުކުރަން ޖެހުމުން ޒޫމް ވެގެން ދިޔައީ ގޭތެރޭގައި ކިޔާ ޢާއްމު ނަމަކަށެވެ. ޒޫމް އަކީ މިއަދު ދިވެހިންގެ ތެރޭގައި ވެސް މަޤްބޫލު ސޮފްޓްވެއާއެކެވެ.

ޒޫމްގައި ކައިވެނިތަކާއި ޖަނާޒާތައް ކުރިއަށް ގެންދިޔައިރު، 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އެ ކުންފުނިން ބުނީ ދުވާލަކު 300 މިލިއަން ބައިވެރިން ޒޫމް ކޯލްތަކުގައި ބައިވެރިވާ ކަމަށެވެ.

ޓޮމްބް އައްޔަން ކުރިއިރު ޔުއާން ވިދާޅުވީ ލީޑަޝިޕް ޓީމަށް އިތުރު ކުރަމުންދާ ބާރަށް ފޯރިގަދަ ކަމަށާއި "ގްރެގް އަކީ ޓެކްނޮލޮޖީ އިންޑަސްޓްރީގެ ވަރަށް އިހުތިރާމް ލިބިގެންވާ ލީޑަރެއް ކަމަށާއި މުހިންމު ވަގުތުތަކުގައި ކުންފުނިތައް ސްކޭލް ކުރުމަށް އެހީތެރިވުމުގެ ގިނަ ތަޖުރިބާއެއް ލިބިފައިވާ ފަރާތެއް" ކަމަށެވެ.

ޕެންޑެމިކް ބޫމް ދެމެހެއްޓުމަށް އުނދަގޫތަކެއް ކުރިމަތިވެފައިވާ އަދި ޓެކް ދާއިރާގެ އެހެން ގިނަ ކުންފުނިތަކެކޭ އެއްފަދައިން މުވައްޒަފުން ވަކިކުރަން މަޖުބޫރުވެފައިވާ ކުންފުންޏަށް މިއީ އުނދަގޫ ނިންމުމެއްކަން ޔަޤީނެވެ.

ޓެގްސް: ސޯޝަލްމީޑިއާ ސޮފްޓްވެއާރ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.