ބިންހެލުމަށްފަހު އެޤައުމުގެ ޙާލަތު ދައްކުވައިދޭ މަންޒަރެއް

ދުނިޔެ

ތުރުކީއަށް އައި ބިންހެލުމުގެ ސަބަބުން 34 ބިލިއަން ޑޮލަރުގެ ގެއްލުން

އަލީ އަޒްޔަން - ޔޫރަޕް | 7 މާރޗް 2023 , އަންގާރަ 16:28   165

ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހު ތުރުކީއަށް އައި ފަނާކުރަނިވި ބިންހެލުމުގައި މަދުވެގެން 45،000 މީހުން މަރުވެ، ގާތްގަނޑަކަށް ދިހަވަރަކަށް ސިޓީގައި އެތައް މިލިއަން ބަޔަކު ގެދޮރު ނެތި، 34 ބިލިއަން ޑޮލަރަށް ވުރެބޮޑު ގެއްލުން ލިބިފައިވާކަމަށް ކަމާއިގުޅޭ އިދާރާތަކުން ބުނެފިއެވެ.

ބިންހެލުމުގެ ނުސީދާ ހަރަދު މިއަށްވުރެވެސް މާ ބޮޑުވެދާނެ ކަމަށާއި، ރަނގަޅު ޙާލަތަކަށް ދިއުން ފަސޭހަނުވެފައި، އަވަސް ވެސް ނުވާނެ ކަމަށް އެފަރާތްތަކުން ބުނެއެވެ.

ތުރުކީގެ އެންޓަޕްރައިސް އެންޑް ބިޒްނަސް ކޮންފެޑެރޭޝަނުން ލަފާކުރާ ގޮތުގައި ބިންހެލުމުގެ ޖުމްލަ ގެއްލުން 84.1 ބިލިއަން ޑޮލަރަށް އަރާއިރު، އޭގެ ބޮޑު ހިއްސާއަކީ ބޯހިޔާވަހިކަމަށް ލިބިފައިވާ 70.8 ބިލިއަން ޑޮލަރުގެ ގެއްލުމެވެ.

"ހަނދާނެއް ނުވޭ... ރިޕަބްލިކް އޮފް ތުރުކީގެ ތާރީހުގައި މި ފެންވަރުގައި އެއްވެސް އިގްތިސާދީ ކާރިސާއެއް ހިނގާފައިވާ ކަމެއް،" ޕޮލިޓިކްޔޯލްގެ އިސްތަންބޫލްގައި ދިރިއުޅޭ އިގްތިސާދީ މާހިރެއް ކަމަށްވާ އާޑާ ޓުންކާ ވިދާޅުވި އެވެ.

ބިންހެލުމުގެ ކުރިންވެސް ތުރުކީގެ އިގްތިސާދު އޮތީ މަޑުޖެހިފައެވެ. ސަރުކާރުން ގެންގުޅުނު އާދަޔާ ހިލާފު މަނިޓަރީ ޕޮލިސީތަކުގެ ސަބަބުން ތަކެތީގެ އަގު ބޮޑުވެ، އާމްދަނީ ދަށްވެ ނުތަނަވަސްކަމާއި ފައިސާގެ ދަތިކަން ކުރިމަތިވެފައިވެއެވެ. މިދިޔަ އަހަރު ޑޮލަރާ އަޅާބަލާއިރު އެގައުމުގެ ފައިސާގެ އަގު %30 ދަށްވި އެވެ. ތުރުކީގެ އިގްތިސާދު މިދިޔަ އަހަރު %5.6 ކުރިއަރާފައިވާ ކަމަށް ރަސްމީ ތަފާސް ހިސާބުތައް ދައްކާކަމަށް ރޮއިޓާސް އިން ރިޕޯޓްކޮށްފައިވެ އެވެ.

އިގްތިސާދީ މާހިރުން ބުނާ ގޮތުގައި އިގްތިސާދުގައި ހުރި ސްޓްރަކްޗަރަލް ބަލިކަށިކަންތައްތައް ބިންހެލުމުގެ ސަބަބުން ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށާއި މެއި މަހުގެ މެދުތެރޭގައި ބާއްވާނެ ކަމަށް ބެލެވޭ ރިޔާސީ އަދި މަޖިލިސް އިންތިޚާބުން އާ މަގުތަކެއް ފެންނާނެކަމަށް އުއްމީދުކުރެވޭކަމަށެވެ.

ޓެގްސް: ތުރުކީ ބިންހެލުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.