ޓެލްއަވީވްގައި ގާތްގަނޑަކަށް ދެލައްކަ މީހުން މަގުމައްޗަށް ނިކުމެފައިވާ ކަމަށް ރިޕޯޓްތައް ބުނޭ

ދުނިޔެ

އިޒްރޭލުގެ ތާރީޚުގައި އެންމެ ބޮޑު މުޒާހަރާ، އެތައް ލައްކަ މަގުތަކަށް ނިކުމެއްޖެ

އަލީ އަޒްޔަން - މެދުއިރުމަތި | 12 މާރޗް 2023 , އާދީއްތަ 08:49   171

އިޒްރޭލުގެ ތާރީހުގައި ހިނގާ އެންމެ ބޮޑު މުޒާހަރާ ކަމަށް ބައެއް މީހުން ބުނާ މުޒާހަރާގައި ދެލައްކައެއްހާ އިސްރާއީލު ރައްޔިތުން ބައިވެރިވެއްޖެ އެވެ.

ޝަރުއީ ނިޒާމު ޒަމާންވީ ވަތަނީ ވިސްނުންއިސްކޮށް ސަރުކާރުން ރާވާފައިވާ ކަންކަމާ ދެކޮޅަށް ކުރާ މުޒާހަރާތައް ކުރިއަށްދާތާ 10 ހަފްތާ ވެއްޖެ އެވެ.

ހައިފާ ފަދަ ސިޓީތަކުގައި ރެކޯޑް އަދަދަކަށް މުޒާހަރާގެ ބައިވެރިން ނިކުތްއިރު، ޓެލްއަވީވްގެ ގާތްގަނޑަކަށް ދެލައްކަ މީހުން މަގުމައްޗަށް ނިކުމެފައިވާ ކަމަށް ބެލެވެ އެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނަނީ މި އިސްލާހުތަކުގެ ސަބަބުން ޑިމޮކްރަސީއަށް ބުރޫއަރާނެ ކަމަށެވެ.

އެކަމަކު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ބުނަނީ ރޭވިފައިވާ ބަދަލުތަކަކީ އިންތިޚާބުކުރާ ފަރާތްތަކަށް ރަނގަޅު ބަދަލުތަކެއް ކަމަށެވެ.

އިސްރާއީލުގެ ހާރެޓްޒް ނޫހުން "އެގައުމުގެ ތާރީހުގައި ވެސް ކުރިއަށް ގެންދިޔަ އެންމެ ބޮޑު މުޒާހަރާ" އެޤައުމުގެ އެކި ސަރަޙައްދުތަކުން، ހޮނިހިރު ދުވަހު މަގުމައްޗަށް ނުކުތް ކަމަށް އިންތިޒާމް ކުރާ ފަރާތްތަކުން ބުނެ އެވެ.

ދެކުނުގެ ސިޓީއެއް ކަމަށްވާ ބެއެރް ޝެވާގައި އެއްވެ ތިބި މީހުންނަށް އިދިކޮޅު ލީޑަރު ޔާއިރް ލަޕިޑް ބުނެފައިވަނީ އެގައުމަށް ކުރިމަތިވެފައި ވަނީ "ތާރީހުގައި ވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު ދަތިކަން" ކަމަށެވެ.

"ޓެރަރިޒަމްގެ ރާޅެއް އަޅުގަނޑުމެންނަށް އެބައާދޭ، އަޅުގަނޑުމެންގެ އިގްތިސާދު ވެއްޓި، ފައިސާ ގައުމުން ފިލައިގެން ދަނީ. އީރާނުން އިއްޔެ ސައުދީއާ އެކު އާ އެއްބަސްވުމެއްގައި ސޮއިކުރީ. އެކަމަކު މި ސަރުކާރުން ކަންބޮޑުވާ ހަމައެކަނި ކަމަކީ އިސްރާއީލުގެ ޑިމޮކްރަސީ ފުނޑުފުނޑުކޮށްލުން،" އޭނާ ވިދާޅުވި އެވެ.

ޓެލް އަވީވްގައި މުޒާހަރާ ކުރާ ތަމީރު ގައިޓްސަބްރީ ރޮއިޓާސް އަށް ބުނީ "މިއީ ޝަރުއީ އިސްލާހެއް ނޫން. އެއީ އިސްރާއީލު ފުރިހަމަ ހުދުމުހުތާރު ވެރިކަމަށް [އެއީ] އިންގިލާބެއް ކަމަށާއި އަހަރެން ބޭނުންވަނީ އިސްރާއީލު އަހަރެންގެ ކުދިންނަށް ޑިމޮކްރަސީއެއްގެ ގޮތުގައި ދެމިއޮތުމަށް" ކަމަށެވެ.

ޝަރުއީ ދާއިރާ އިސްލާހުތަކާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި އެތައް ލައްކަ މީހުން ވަނީ މަގުމައްޗަށް ނިކުމެފައެވެ.

މި އިސްލާހުތަކުގެ މަގުސަދަކީ ފަނޑިޔާރުން ހޮވުމުގައި އިންތިހާބީ ސަރުކާރުން ނުފޫޒު ފޯރުކޮށްދީ، ސުޕްރީމް ކޯޓުން އެގްޒެކެޓިވްއާ ދެކޮޅަށް ހުކުމް ކުރުމުގެ ގާބިލްކަން ނުވަތަ ގާނޫނުތައް ނައްތާލުމުގެ ގާބިލްކަން ހަނިކުރުމެވެ.

ނަތަންޔާހޫ ވިދާޅުވާ ގޮތުގައި މި އިސްލާހުތައް ފަރުމާކޮށްފައިވަނީ ކޯޓުތަކުން އެމީހުންގެ ބާރުތައް މާބޮޑަށް ފޯރުކޮށްދިނުން ހުއްޓުވުމަށް ކަމަށާއި އެ އިސްލާހުތަކަށް އިސްރާއީލުގެ އާންމުން މިދިޔަ އިންތިޚާބުގައި ވޯޓު ދީފައިވާ ކަމަށެވެ.

ޓެގްސް: އިޒްރޭލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.