ސައުދީ އިން ދަނީ ރިޔާޒް އެއާގެ ނަމުގައި އާއެއާލައިނެއް ތަޢާރަފްކުރުމުގެ މަސައްކަތްކުރަމުން

ދުނިޔެ

ސައުދި އަރަބިއާއިން އާ ޤައުމީ އެއާލައިނަކާއި ދިމާލަށް

އަލީ އަޒްޔަން - މެދުއިރުމަތި | 13 މާރޗް 2023 , ހޯމަ 13:46   130

ސަރަހައްދީ ދަތުރުފަތުރާއި ދަތުރުފަތުރުގެ މަރުކަޒުތަކާ ވާދަކުރުމަށް ސައުދީން ތައްޔާރުވަމުންދާއިރު، އެސިނާޢަތުގެ އެންމެ ތަޖުރިބާކާރު އެކަކު ކަމުގައިވާ ޓޯނީ ޑަގްލަސްގެ ޗީފް އެގްޒެކެޓިވްއާ އެކު އާ ގައުމީ އެއާލައިނެއް ކަމަށްވާ ރިޔާޒް އެއާ އުފެއްދިކަން އާދީއްތަ ދުވަހު ރަސްމީކޮށް އިއުލާން ކުރައްވައިފި އެވެ .

އޭޝިއާ، އެފްރިކާ އަދި ޔޫރަޕާ ދެމެދު 2030 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ 100 އަށް ވުރެ ގިނަ މަންޒިލްތަކަށް ރިޔާޒް އެއާ އިން ހިދުމަތް ދޭނެ ކަމަށް ދައުލަތުގެ ނޫސް އެޖެންސީ އެސްޕީއޭ އިން ބުނެފި އެވެ.

މި އިއުލާނުގެ ސަބަބުން ދަތުރު ފަތުރުކުރުމުގެ ސިނާޢަތުގައި ވާދަވެރިކަން އިތުރުވެ، ސަރަހައްދީ ބޮޑެތި ކުންފުނިތައް ކަމަށްވާ އެމިރޭޓްސް، ގަތަރު އެއާވޭސް އަދި ތުރުކީ އެއާލައިންސްއާ ކުރިމަތިލާން ޖެހިދާނެ އެވެ.

ރިޔާދު އެއާގެ މުޅިން ހިއްސާކުރަނީ ސައުދީ އަރަބިއްޔާގެ ސޮވަރިން ވެލްތު ފަންޑާއި ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އެވެ.

އޮކްޓޯބަރު މަހު ސައުދީ އަރަބިއްޔާއިން އެއާބަސް (އޭއައިއާރު.ޕީއޭ) އިން ގާތްގަނޑަކަށް 40 އޭ350 ޖެޓް އޯޑަރު ކުރުމަށް މަޝްވަރާތަކެއް ކުރަމުން ދިޔައިރު، ބޮއިންގް ކޯ (ބީއޭ.އެން) އިން ވެސް ދަތުރުފަތުރު ފުޅާކުރުމުގެ ފަޅިއެއް ހޯދުމަށް މަސައްކަތް ކުރި ކަމަށް ސިނާއަތުގެ މަސްދަރުތަކުން ރޮއިޓާސް އަށް ބުނެފައިވެ އެވެ.

ސައުދީ އެއާލައިންސް (ސައުދީ)ގެ ވެރިޔާ ރޮއިޓާސްއަށް އޭރު ވިދާޅުވީ ބޮއިންގް އާއި އެއާބަސްއާ އެކު މަޝްވަރާ ކުރަމުން އަންނަނީ އަމިއްލައަށް ވެސް އަދި ޕްލޭންކޮށްފައިވާ އާ ކެރިއަރަކަށް ވެސް ނެގިފައިވާ އޯޑަރުތަކެއްގެ މައްޗަށެވެ.

ޓެގްސް: ސައުދީ ޢަރަބިއާ ވައިގެ ދަތުރުފަތުރު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.