މަސާޓޯޝީ އިޓޯ ވަނީ އާއިލީ ވިޔަފާރިއެއް މުޅި ދުނިޔޭގެ އެމްޕަޔަރަކަށް ބަދަލުކުރައްވާފައި

ޓެކްނޯލޮޖީ

7-އެލެވަން އަކީ ދުނިޔޭގެ ޖަޔަންޓަކަށް ހެދި ބިލިއަނަރު މަސާޓޯޝީ އިޓޯ އުމުރުން 98 އަހަރުގައި ނިޔާވެއްޖެ

އަލީ އަޒްޔަން - ދުނިޔެ | 14 މާރޗް 2023 , އަންގާރަ 08:48   277

7-އެލެވަން ކޮންވިނިއަންޓް ސްޓޯރުތައް ދުނިޔޭގެ ވިޔަފާރީގެ އެމްޕަޔަރަކަށް ބަދަލުކުރުމުގައި ބޮޑުރޯލެއް ކުޅުނު ޖަޕާނުގެ ބިލިއަނަރު މަސާޓޯޝީ އިޓޯ އުމުރުން 98 އަހަރުގައި މިޔާވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހު އޭނާ މަރުވީ މުސްކުޅި އުމުރުގައި ކަމަށް އޮޕަރޭޓަރު ސެވަން އެންޑް އައި ހޯލްޑިންގްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

"އޭނާގެ ޙަޔާތުގައި ދެއްކެވި އޯގާތެރިކަމަށްޓަކައި އަޅުގަނޑުމެން އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަން،" އެ ކުންފުނިން ބުންނެފައިވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 83،000 އަށް ވުރެ ގިނަ 7-އެލެވަން ފިހާރަ ހުރިއިރު، އޭގެ ތެރެއިން ތިންބައިކުޅަ އެއްބައި ފިހާރަ ހުންނަނީ ޖަޕާނުގަ އެވެ.

1956 ވަނަ އަހަރު މިސްޓަރ އިޓޯ ވަނީ އޭނާގެ ދޮންބައްޕަ އޭރުގެ އެއްބަނޑު އެއްބަފާ ބޭބެ ހިންގާ ކުޑަ ޓޯކިޔޯ ފޭރާމުގެ ބާވަތްތަކަށް ޚާއްޞަ ވިޔަފާރިއަކާ ހަވާލުވެފައެވެ.

ފަހުން އިޓޯ ވަނީ އިޓޯ-ޔޮކާޑޯގެ ނަން ބަދަލުކޮށް، ޒަރޫރުތަކެތިން ފެށިގެން ފެށިގެން ހެދުންތަކާއި ހަމައަށް ވިއްކާ އެއް ތަނުން ފިހާރަތަކުގެ ޗެއިންއަކަށް ބަދަލުކޮށްފަ އެވެ. އެއީ 1972 ވަނަ އަހަރު އާންމުވި ކަމެކެވެ.

އިޓޯ-ޔޮކާޑޯ އިން 7-އެލެވަންގެ ވެރިޔާ - އެމެރިކާގައި ހުންނަ ސައުތުލެންޑް ކޯޕަރޭޝަނާ - އެކު އެއްބަސްވުމެއް ހަދައި، 1974 ވަނަ އަހަރު ޖަޕާނުގެ ފުރަތަމަ 7-އެލެވަން ހުޅުވި އެވެ.

"އަޅުގަނޑާ ގިނައިން ސުވާލު ކުރެވެނީ އަޅުގަނޑަށް ކާމިޔާބު ލިބުނީ ބުރަ މަސައްކަތުންތޯ ނުވަތަ ހަމައެކަނި ނަސީބު ރަނގަޅުވީމަތޯ. އަސްލު ޖަވާބަކީ އެދެކަމުގެ ބައެއް،" މިސްޓަރ އިޓޯ ދިން އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

"އަހަރެންގެ ނަސީބު ރަނގަޅުވީ ހަނގުރާމައަށް ފަހު ހަމަ އެވަގުތު ވިޔަފާރީގައި ފެށުނީ - ހަމަ އެ ދުވަސްވަރު ޖަޕާނުގައި ފުޅާ ދާއިރާއެއްގައި ކޮންސިއުމަރ ސޮސައިޓީއެއް ތަރައްގީވާން ފެށި ދުވަސްވަރު."

އިޓޯ-ޔޮކާޑޯގެ ނަން 2005 ވަނަ އަހަރު ސެވަން އެންޑް އައި ހޯލްޑިންގްސް އަށް ބަދަލުކުރިއިރު، އެ ކުންފުނީގެ ނަމުގައި ޖަހާފައިވާ "އައި" އަކީ އިޓޯ-ޔޮކާޑޯ އާއި އެ ކުންފުނީގެ ޝަރަފުވެރި ޗެއާމަން ކަމަށްވާ މިސްޓަރ އިޓޯއަށް ބޯޖަހާލުމެކެވެ.

އިޓޯއަށް ވަނީ އޮސްޓްރިއާ-އެމެރިކާގެ ދަރިކޮޅުގެ މެނޭޖްމަންޓް ގުރޫ ޕީޓާ ޑްރަކަރ އާއި އެކު އެކުވެރިކަމުގެ ނުފޫޒުތަކެއް ވެސް އުފައްދާފައެވެ.

"ޑރ ޑްރަކަރ އާއި އޭނާގެ ގުޅުމުގެ ފުރަތަމަ އަހަރުތަކުގައި އެމެރިކާ ނުވަތަ ޖަޕާނުގައި ދެމީހުން ގުޅިގެން ދުނިޔޭގެ އިގްތިސާދާއި ޖަޕާނުގެ އިގްތިސާދާއި އިޓޯ ޕްލޭން ކުރަންވީ މިސްރާބާ ބެހޭ ގޮތުން ދިގު ހަވީރުތަކެއް ހޭދަކުރާނެ،" ޑްރަކަރ ސްކޫލުން ބުނެފައިއެވެ.

ޕްރޮފެސަރު ޑްރަކަރ ވަނީ އިޓޯއަށް "ދުނިޔޭގެ ފާހަގަކޮށްލެވޭ ވިޔަފާރިވެރިންނާއި ވިޔަފާރި ބިނާކުރާ މީހުންގެ ތެރެއިން އެކަކު" ކަމަށް ވިދާޅުވެފަ އެވެ.

ޓެގްސް: ޖަޕާން އެމެރިކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.