ޕްރޮގްރާމާއި ގުޅޭ މަޢްލޫމާތު ހިމެނޭ އިސްތިހާރު

ހަބަރު

އިޖްތިމާޢީ ގުޅުމާއިގުޅޭގޮތުން، ޑަބްލިއުޑީސީ އައްޑޫސިޓީ އިން ރޯދަމަހާއިި ދިމާކޮށް އިޙްޔާ ޕްރޮގްރާމްތަކެއް

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 15 މާރޗް 2023 , ބުދަ 18:48   575

އައްޑޫ ސިޓީގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އިން އިސްނަންގަވައި އިންތިޒާމުކޮށްގެން ބާއްވާ އިޙްޔާޕްރޮގްރާމެއް ފެށުމަށް ތައްޔާރު ވެއްޖެއެވެ.

އެކްސްޕްރެސް ނިއުސް އާއި ވާހަކަދައްކަވަމުން، ޑަބްލިއުޑީސީގެ ރައީސާ ނުސްރާ ރަޝީދު ވިދާޅުވީ، މި އިޙްޔާ ޕްރޮގްރާމްގެ ދަށުން ސިލްސިލާކޮށް ރަމްޟާންމަހުގެ ފުރަތަމަ ހަފްތާގައި 5 ދަރުހެއް އޮންނާނެކަމަށެވެ. މި ދަރުސްތައް ކުރިއަށް ގެންދާނީ އެކި ރަށްތަކަށް ބަހާލައިގެން ކަމަށްވެސް މަޢްލޫމާތޫ ދެއްވިއެވެ.

ޕްރޮގްރާމްގެ ދަށުން، މައުޟޫއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ނަމޫނާ މުޖްތަމަޢެއް ބިނާކުރުމަށްޓަކައި އިޖްތިމާޢީ ގުޅުމުގެ މުޙިއްމުކަން"، މިމަޢްޟޫއެވެ.

ދަރުސްތައް ކުރިއަށް ދާނެގޮތް:

  • ރަމަޟާން މަހުގެ ފުރަތަމަ ދުވަހު 21.00 ގައި ސ.އަތޮޅު މަދުރަސާގައި
  • ރަމަޟާން މަހުގެ ތިންވަނަ ދުވަހު 21.00 ގައި އިރުޝާދިއްޔާ ސްކޫލްގައި
  • ރަމަޟާން މަހުގެ ހަތަރުވަނަ ދުވަހު 21.00 ގައި ފޭދޫ ސްކޫލްގައި
  • ރަމަޟާން މަހުގެ ފަސްވަނަ ދުވަހު 21.00 ގައި ޝަރަފުއްދީން ސްކޫލްގައި
  • ރަމަޟާން މަހުގެ އަށްވަނަ ދުވަހު 21.00 ގައި އައްޑޫހައި ސްކޫލްގައި

ނުސްރާ އިތުރަށް ވިދާޅުވީ މިޕްރާމްތައް އަޑުއަހާލުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ މެދުގައި ގުރުއަތެއް ބޭއްވި، ބޮޑު އިނާމެއްގެ ގޮތުގައި ޢުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

ޓެގްސް: އިސްލާމްދީން ރޯދަމަސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.