ކުރީގެ ރައީސް މައުމޫން އުފެއްދެވި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (ޑީއާރުޕީ) އަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތްކުރިއަށް ދިޔަ މަންޒަރު

ހަބަރު

ޑީއާރުޕީ އަދި ލޭބާޕާޓީ އުވާލައިފި، ދަރަންޏަށް ޒިންމާވާންޖެހެނީ އެންމެފަހުން ލީޑާޝިޕްގައި ހުންނެވި ބޭފުޅަކު

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 16 މާރޗް 2023 , ބުރާސްފަތި 08:19   128

ޑީއާރުޕީ އަދި ލޭބާޕާޓީ އުވާލައިފި އިލެކްޝަންސް ކަމިޝަނުން އިޢްލާންކޮށްފިއެވެ.

މި ދެޕާޓީ އުވާލާފައިވަނީ، ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަނުވާތީ ކަމަށް އެކަމިޝަނުގެ އިޢްލާނުގައިވެއެވެ.

3،000 މެމްބަރުން ހަމަކުރުމަށް ޑީއާރުޕީ އާއި މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އަށް ދިން ތިން މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި އެކަން ހާސިލްވެފައިނުވާކަމަށް ވެސް ބަޔާނުގައިވެއެވެ.

ޕާޓީއެއް ވުޖޫދުގައި ބޭއްވުމަށް ޤާނޫނުގައި ބުނާގޮތުން މަދުވެގެން 3،000 މެމްބަރުން ތިބެންޖެހެއެވެ. އެހެން ނޫނީ، ވަކި މުއްދަތެއްގެ ތެރޭގައި އެ އަދަދަށް މެމްބަރުން ހަމަނުވެއްޖެނަމަ އުވާލާނެ އެވެ.

ރަސްމީ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ 21 ވަނަ ދުވަހާ ހަމައަށް ޑީއާރުޕީގައި ތިބީ 2،242 މެމްބަރުންނެވެ. އަދި ލޭބަ ޕާޓީގައި ތިބީ 2،556 މެމްބަރުންނެވެ.

މިޕާޓީތައް އުވާލުމުގެ މަސައްކަތް އިލެކްޝަނުން ފަށާފައިވަނީ ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަސްތެރޭގައެވެ.

މިކަމާއިގުޅިގެން ޑީއާރުޕީއިން ވަނީ މީގެކުރިން ހައިކޯޓަށް ވެސް މައްސަލަ ހުށަހަޅާފައެވެ. ނަމަވެސް އެކޯޓަށް ބެލޭނެ މައްސަލައެއް ނޫންކަމަށް ބުނެ ކޯޓުން ވަނީ މައްސަލަ ބޭރުކޮށްލާފައެވެ.

އެންމެފަހުން ފަހުން، ޑީއާރުޕީގެ ލީޑަރުގެ މަގާމުގައި ހުންނެވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެވެ. ޤާނޫނުގައި ބުނާގޮތުން، ދަރަންޏަށް ޒިންމާވާޏްޖެހެނީ އެންމެފަހުން ލީޑާޝިޕްގައި ހުންނެވި ބޭފުޅެކެވެ.

ޓެގްސް: އިލެކްޝަންސް ކަމިޝަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.