ރަޝިއާގެ ބާރުގެދަށުގައިވާ މަރިޔޮޕޮލް ޕޯޓްސިޓީއަށް ޕުޓިންވަޑައިގެންފައިވަނީ ކްރައިމިއާއަށް ކުރި ސަޕްރައިޒް ދަތުރަށްފަހުކަމަށް ޚަބަރުތައް ބުނޭ

ދުނިޔެ

ފުޓިން ޔޫކްރެއިންގެ ޕޯޓްސިޓީއަށް ސަޕްރައިޒް ދަތުރެއްކޮށްފި

އަލީ އަޒްޔަން - ޔޫރަޕް | 19 މާރޗް 2023 , އާދީއްތަ 18:07   192

ރަޝިޔާގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ރައީސް ވްލަޑިމިއާ ޕޫޓިން މާރިއުޕޯލްއަށް ސަޕްރައިޒް ދަތުރެއްގައި ވަޑައިގެންފިއެވެ.

މި ދަތުރަކީ ރަޝިޔާއިން ޔޫކްރޭންގެ އަތުން ހިފެހެއްޓިތާ އެއްއަހަރު ފުރުމުގެ މުނާސަބަތުގައި އިއުލާން ނުކޮށް ކުރި ދަތުރުފުޅެއްކަމުގައި ބުނެފައިވެއެވެ. ޕޫޓިން އެސިޓީއަށް ވަޑައިގެންނެވީ ހޮނިހިރު ދުވަހު ކްރައިމިއާއަށް ވަޑައިގެންނެވި ފަހުންނެވެ.

ދިގު އަދި އެހާމެ ލޭއޮހޮރުވާލުން ގިނަ އެއް ހަނގުރާމައަށް ރަޝިއާ-ޔޫކްރޭން ހަނގުރާމަ ވެފައިވާއިރު، މެއި މަހު ޔޫކްރޭން އަތުން ވަނީ ބީވެފައެވެ. މިއީ ޔޫކްރޭންގެ މުހިއްމު ސަރަޙައްދެއްކަމަށްވާ ޕޯޓް ސިޓީވެސް މެއެވެ.

ޕުޓިން ހެލިކޮޕްޓަރުގައި މާރިއުޕޯލްއަށް ފުރައިގެން ދިޔަ ކަމަށް ރަޝިޔާގެ ނޫސް އެޖެންސީތަކުން ވަނީ ކްރެމްލިންއާ ހަވާލާދީ ރިޕޯޓްކޮށްފައެވެ.

އަހަރެއްހާ ދުވަހުގެ ހަނގުރާމައިގެ ތެރޭގައި ޕޫޓިން ހަނގުރާމަމަތީ ސަފުތަކާ އެންމެ ގާތަށް ވަޑައިގެންނެވި ފަހަރުވެސްމެއެވެ.

ކާރެއް ދުއްވަމުން ދިޔަ ޕޫޓިން ވަނީ ބައެއް ޑިސްޓްރިކްޓްތަކުގައި ދަތުރުކޮށް، މަޑުކޮށްހަދައި، ބައެއް ޢާއްމުންނާއި ވާހަކަ ދައްކާފައެވެ.

އޮގަނައިޒޭޝަން ފޯ ސެކިއުރިޓީ އެންޑް ކޯޕަރޭޝަން އެންޑް ޔޫރަޕް (އޯއެސްސީއީ) އިން ބުނީ މާރިއުޕޯލްގެ ހޮސްޕިޓަލަކަށް ރަޝިޔާއިން ދިން ބޮމުގެ ހަމަލާއަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށެވެ. ބައެއް ފަރާތްތަކުން ބުނާގޮތުގައި އެސިޓީވަނީ ރަޝިއާއިން ވަރަށްބޮޑަށް ވީރާނާކޮށްލާފައެވެ.

ކިއެވް އާއި އެގައުމުގެ އެކުވެރި ގައުމުތަކުން ބުނާ ގޮތުގައި މިހާރު 13 ވަނަ މަހަށް ދާ މި ހަނގުރާމަ އަކީ ޔޫކްރޭންގެ އެތައް ހާސް ބަޔަކު މަރުވެ އެތައް މިލިއަން ބަޔަކު ގެދޮރު ގެއްލިފައިވާ އަޅުވެތިކުރުމާއި ބިންހިމުގެ ބޮޑު ޖަރީމާއެއެވެ.

ޓެގްސް: ރަޝިއާ ޔޫކްރެއިން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.