ޗައިނާގެ ރައިސް ޝީ ރަޝިއާ އަށް ވަޑައިގަތުމުން މަރުޙަބާދަންނަވަނީ

ދުނިޔެ

ޗައިނާގެ ޝީ އަށް ޕޫޓިން ކްރެމްލިންގައި ރަތް ދޫލައިން މަރުޙަބާކިޔައިފި

އަލީ އަޒްޔަން - ޔޫރަޕް | 22 މާރޗް 2023 , ބުދަ 08:16   130

ޗައިނާގެ ރައީސް ޝީ ޖިންޕިން އަށް ކްރެމްލިންގައި ރަތްދޫލައިގެ ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ. މަރުޙަބާ ދެންނެވުމުގައި އިސްކޮށް ހުންނެވީ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން އެވެ.

މިދަތުރުފުޅުގެ ތެރެެއިން، ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތުމާ ގުޅޭ ގޮތުން މަޝްވަރާކުރާނެ ކަމަށް ބެލެވެ އެވެ. ޕޫޓިންގެ ތަރުޖަމާނަކު ވިދާޅުވީ "އެންމެ ފުރިހަމައަށް ޚިޔާލު ބަދަލުކުރުން" ކުރިއަށް ގެންދާނެ ކަމަށެވެ.

ޗައިނާއިން ރަޝިޔާއަށް ކުރާ ތާއީދު - މިވަގުތު ޓެކްނޮލޮޖީއާއި ވިޔަފާރީގެ މައްޗަށް ބިނާވެފައިވާ - އަސްކަރީ އެއްޗަކަށް ވެދާނެ ކަމުގެ ކަންބޮޑުވުން ހުޅަނގުގައި އެބައޮތެވެ.

ރައީސް ޝީ ވިދާޅުވަނީ ޗައިނާ އާއި ރަޝިޔާއަކީ "ސްޓްރެޓެޖިކް ޕާޓްނަރުން" ކަމަށާޢި އަދި "ބޮޑު އަވަށްޓެރި ބާރުތަކެއް" ކަމަށެވެ. މިދަތުރުފުޅުގައި ޝީ ވަނީ ޕޫޓިންއަށް ބެއިޖިންއަށް ޒިޔާރަތް ކުރުމަށް ދައުވަތު ވެސް ދެއްވާފައިވާފައެވެ.

މީގެ އިތުރުން ކިއެވްގައި ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިދާ ވަނީ ޔޫކްރޭންގެ ރައީސް ޒެލެންސްކީއާ މަޝްވަރާ ކުރުމަށް ވަޑައިގެންފަ އެވެ.

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން މިދިޔަ ހަފްތާގައި ވަނީ ހަނގުރާމައިގެ ޖަރީމާތަކެއް ހިންގާފައިވާ ކަމަށް ބުނެ ރައީސް ޕޫޓިން ހައްޔަރު ކުރުމުގެ އަމުރެއް ނެރެފަ އެވެ.

ޓެގްސް: ރަޝިއާ ޗައިނާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.