މަޖިލީހުގައި ފިނޭންސް މިނިސްޓަރު އަމީރު ވާހަކަފުޅު ދައްކަވަނީ

ހަބަރު

ރާއްޖެއަށް މިއަހަރު 300 މިލިއަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ސަރުކާރުން ބުނެފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 22 މާރޗް 2023 , ބުދަ 12:52   193

މިއަހަރު ހިލޭ އެހީގެ ގޮތުގައި 300 މިލިއަން ޑޮލަރު ލިބޭނެކަމަށް ސަރުކާރުން ބުނެފިއެވެ. އެއީ ގާތްގަނޑަކަށް 4.6 ބިލިއަން ރުފިޔާއެވެ.

މަޖިލީހުގެ ތަޅުމުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ، މިއަހަރު ބަޖެޓް ފާސްކުރިއިރު ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރި 2.4 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކޮށްފައިވީނަމަވެސް މިހާރުގެ އަންދާޒާތައް އެއާއި އަޅާބަލާއިރު 2 ގުނަ އިތުރު ކަމަށެވެ.

އެހެންކަމުން މިހާރު ސަރުކާރުން ލަފާކޮށްފައިވަނީ 4.6 ބިލިއަން ރުފިޔާ އަހަރުތެރޭގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށެވެ. އެއީ ޑޮލަރުން ބަލާއިރު 300 ވަރަކަށް މިލިއަން ޑޮލަރެވެ.

ސަރުކާރުން މިހެން ބުނެފައި ވީނަމަވެސް، މިހާތަނަށް ހިލޭ އެހީގެ ގޮތުގައި ސަރުކާރަށް ލިބިފައިވަނީ ކިހާ ޢަދަދެއްގެ ފައިސާކަމެއް އެނގެން ނެތެވެ. ސަރުކާރުން ބުނަނީ އެހީތައް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ކޯވިޑްގެ ބަލިމަޑުކަމާއިއެކު ސަރުކާރަށް ލިބެމުންދިޔަ ބޭރުގެ ހިލޭ އެހީތައް ވަނީ ވަރަށް ބޮޑުތަން ދަށްވެފައެވެ.

ޓެގްސް: ބޭރުގެ އެހީ ފިނޭންސް މިނިސްޓްރީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.