ޔޫރޯ 2024، ވޯލްކަޕަށްފަހު އެންމެ ފޯރިގަދަ ފުޓުބޯޅަ މުބާރާތުގެ ލޯގޯ

ކުޅިވަރު

ޔޫރޯ ފުޓުބޯޅަ މުބާރާތް އަންނަ އަހަރު ޖުލައިމަހު ޖަރުމަނުގައި ފެށޭނެ

އަލީ އަޒްޔަން - ޔޫރަޕް | 22 މާރޗް 2023 , ބުދަ 15:58   183

ޔޫރަޕް ސަރަޙައްދުގައި ކުޅޭ އެންމެ ޝަރަފްވެރި މުބާރާތް، ޖޫން މަހުގެ 14 އިން ޖުލައި މަހުގެ 14 އަށް ޖަރުމަނުވިލާތުގައި އޮންނާނެއެވެ.

މިއީ ޖަރުމަން ވިލާތުގައި މިމުބާރާތް ކުޅޭ 3 ވަނަ ފަހަރެވެ. މިމުބާރާތް ބާއްވާ ޤައުމަށްވާތީ ޖަރުމަން ކޮލިފައިވެފައިވަނީ އޮޓޮމެޓިކުންނެވެ.

މި މުބާރާތް ބޭއްވެނީ ކޮންމެ 4 އަހަރަކުން އެއްފަހަރުއެވެ. ޢާއްމުގޮތެއްގައި މިމުބާރާތް ކުޅެނީ ދެވޯލްޑްކަޕްގެ މެދަށް ވާގޮތަށެވެ.

ޖުމްލަ 10 ސްޓޭޑިއަމެއްގައި މެޗްތައް ކުޅޭނެއެވެ.

ގްރޫޕް ސްޓޭޖުގައި ކުޅޭނެ ޓީމުތައް މިހާތަނަށް ކަނޑައެޅިފައި ނުވެއެވެ. ގްރޫޕްތައް ކަނޑައެޅުމަށް ބާއްވާ ގުރުލުން އޮންނާނީ މިއަހަރުގެ ޑިސެމްބަރު މަހުގައެވެ.

އެންމެ ފަހުން މިމުބާރާތުގެ ތަށި ގެންގޮސްފައިވަނީ އިޓަލީވިލާތުންނެވެ.

ޓެގްސް: ޔޫރޯ 2024 ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.