ޖަރުމަނުގެ ޓްރޭން ސްޓޭޝަނެއް : މުވައްޒަފުން މުޒާހިރާކުރަނީ ދިރިއުޅުމުގެ ޚަރަދު ބޮޑުވެފައި، މުސާރަ ބޮޑުކޮށް ނުދީގެން

ހަބަރު

ޖަރުމަން ގައި މުވައްޒަފުން ހަޅުތާލުކުރާތީ ދަތުރުފަތުރުގެ ނިޒާމު އެއްކޮށް މަޑުޖެހިފައި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 27 މާރޗް 2023 , ހޯމަ 09:26   117

ޖަރުމަނުގެ އެންމެ ބޮޑު ދެ ޔޫނިއަނުން ހަޅުތާލު ކުރަމުންދާއިރު، ހޯމަ ދުވަހު ޖަރުމަނުގެ ޓްރާންސްޕޯޓް ނެޓްވޯކް ގާތްގަނޑަކަށް ހުއްޓުމަކަށް އަތުވެއްޖެއެވެ.

އެއާޕޯޓްތަކާއި ބަނދަރުތަކާއި ރޭލުތަކާއި ބަސްތަކާއި ސަބްވޭތަކުގެ މުވައްޒަފުން ރޭގަނޑު ދަންވަރު ފަހުން ހިނގާފައި ނުކުމެ 24 ގަޑިއިރު މަސައްކަތަށް ނުނިކުމެ މަޑުކޮށްލަން ނިންމާފައިވެއެވެ.

ޔޫނިއަންތަކުން ދަނީ މުޅި ގައުމުގައި ދިރިއުޅުމުގެ ހަރަދު ބޮޑުވަމުންދާ މައްސަލައާ ކުރިމަތިލުމަށް މެމްބަރުންނަށް އެހީތެރިވުމަށް އުޖޫރަ ބޮޑު ކުރުމަށް ޑިމާންޑް ކުރަމުންނެވެ.

ޕަބްލިކް ސާވިސް ދާއިރާތަކުގެ އިތުރުން އެހެން ދާއިރާތަކުން ކުދިކުދި އެތައް ވޯކްއައުޓެއް ކުރި ނަމަވެސް ހޯމަ ދުވަހުގެ ވޯކްއައުޓަކީ ޖަރުމަނުގައި ދިގު ޒަމާންތަކެއް ވަންދެން ހަޅުތާލުކޮށް ވޯކްއައުޓް ކުރާ އެންމެ ބޮޑު ވޯކްއައުޓަކަށް ވާނެ އެވެ.

ހަޅުތާލުގައި ބައިވެރިވާ ދެ ޔޫނިއަން އަކީ ޖަރުމަނުގައި ހިންގާ އެންމެ ބޮޑު ޔޫނިއަންތަކުގެ ތެރޭގައި ހިމެނޭ ދެ ޔޫނިއަން އެވެ.

އާދީއްތަ ދުވަހު މިއުނިކް އެއާޕޯޓުގައި ހަޅުތާލުކުރުމުގެ ސަބަބުން އެތައް ފްލައިޓަކަށް ވަނީ ބުރޫ އަރާފައެވެ.

ޖަރުމަނުގެ އެއާޕޯޓް އެސޯސިއޭޝަނުން ބުނީ ގާތްގަނޑަކަށް 380،000 ވައިގެ ދަތުރުވެރިންނަށް މި ހަޅުތާލުގެ އަސަރު ކުރާނެ ކަމަށާއި ނަމަވެސް މިއީ "ތަސައްވަރު ކުރެވޭ އަދި ޖަސްޓިފައި ކުރެވޭ މިންވަރަށް ވުރެ މާ ބޮޑު ކަމެއް" ކަމަށް ވެސް ބުނެފައިވެ އެވެ.

ބައެއް ޔޫނިއަންތަކުން އުޖޫރަ ބޮޑުކުރުމުގައި ކާމިޔާބީ ހޯދާފައިވާއިރު، އޭގެ ތެރޭގައި މާޗް މަހުގެ ކުރީކޮޅު %11.5 ގެ މުސާރަ ބޮޑުކުރި ޕޯސްޓް މަސައްކަތްތެރިން ހިމެނެއެވެ.

ޓެގްސް: ޖަރުމަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.