"ސާރވެންޓް އޮފް ދަ ޕީޕަލް" ގެ މަންޒަރެއް

ހަބަރު

ޔޫކްރޭންގެ ރައީސްގެ ސީރީސް، ނެޓްފްލިކްސް އަށް އެނބުރި އަތުވެއްޖެ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 20 މާރޗް 2022 , އާދީއްތަ 13:25   410

ޔޫކްރޭންގެ ރައީސް ވުލާޑިމިއަރ ޒެލެންސްކީ މަޝްހޫރު ވެގެން ގޮސްފައިވަނީ މިހާރު ހިނގަމުންދާ ހަނގުރާމައިގައި ގައުމު ދެކެ ލޯބިވާ ހިތްވަރުގަދަ ބަޠަލެއްގެ ގޮތުގައެވެ.

ކުރިން ކޮމީޑިއަން އެއްގެ ގޮތުގައި ހެއްވާ މަޖާ ރޯލްތައް ކުޅުނު ޒެލެންސްކީ އާއި ގުޅޭގޮތުން ޢާއްމުންނަށް އެހާބޮޑަށް އެނގިފައި ނުވެއެވެ. މިހާރު އޭނާ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޝްހޫރު މީހަކަށްވެ ވަރަށް ގިނަ ބައެއްގެ ހަމްދަރުދީ އާއި މަޤްބޫލުކަން ހޯދާފައެވެ. އަދި އޭނާގެ މަސައްކަތް ހޯދާ ބަލަން ބޭނުންވާ މީހުން ގިނައެވެ.

"ސާވެންޓް އޮފް ދަ ޕީޕަލް" އަކީ ޔޫކްރޭންގެ މިހާރުގެ ރައީސް ޒެލެންސްކީ އަމިއްލައަށް އުފައްދައި ކުޅެފައިވާ ސިޔާސީ ކޮމިޑީ ސީރީސް އެކެވެ.

މިސީރީސްގައި ޒެލެންސްކީ އަކީ ޢުމުރުން 30 އަހަރުގެ ހައިސްކޫލް ޓީޗަރެއް، ސަރުކާރުގެ ކަރަޕްޝަން އިންތިހާއަށް ގޮސް ދެކޮޅަށް ތެދުވާ މަންޒަރުދައްކައިދޭ ވީޑިއޯ އޭނާގެ ދަރިވަރަކު ކުޅެ، އެ ވީޑިއޯ ވައިރަލްވުމާއި އެކު ޔޫކްރޭންގެ ރައީސްކަމަށް އޭނާއަށް އާދެވެއެވެ. އަދި އޭނާގެ ރައީސް ކަމުގެ ފުރަތަމަކޮޅު ކުއްލިއަކަށް ހަވާލުވި ޒިންމާއާމެދު އޮޅުންތަކެއް ހުއްޓަސް، ޒިންމާ އަދާކުރުމުގައި މަޑުމަޑުން ފަސޭހަކަން ލިބި، ކަރަޕްޝަޕް ޔޫކްރޭނުން ފޮހެލުމުގެ މަސައްކަތް ފަށައެވެ.

މިސީރީސް 2015 އިން 2019 އަށް ތިން ސީޒަން ގެނެސް ދީފައިވެއެވެ. އަދި 2016 ގައި މި ސީރީސް އަށް ބިނާކޮށް ފިލްމެއް ވެސް ނެރުނެވެ.

މިހާރު ޒެލެންސްކީ އަށް ލިބިފައިވާ މަޤްބޫލުކަމާއި އެކު މިސީރީސް ބްރޯޑްކާސްޓިންގ ރައިޓްސް ހޯދަން މީހާރު ބޭރުގެ ވަރަށް ގިނަބަޔަކު ދަނީ މަސައްކަތް ކުރަމުންނެވެ.

މިހިނގާ މާޗް މަހުގެ 16 ވަނަ ދުވަހު މިސީރީސް އަލުން ބެލުން ތެރިންނާ ހަމައަށް ގެނެދެމުން ނެޓް ފްލިކްސް އިން ބުނެފައިވަނީ، "ބެލުންތެރިން އެދުނީ، އަދި އަލުން މި ގެނެސްދެނީ!" ކަމުގައެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.