މިނިސްޓަރ އަމީރު، ސަރުކާރުން ޚަރަދުކުޑަކޮށް ޢާމްދަނީ އިތުރުކުރަން މަސައްކަތް ނުކުރާކަމަށް މެމްބަރުން ދަނީ ބުނަމުން

ހަބަރު

"ރަނގަޅު މަގަކީ ދައުލަތުގެ ޚަރަދު ކުޑަކޮށް އާމްދަނީ އިތުރު ކުރުން" : އަމީރު

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 28 މާރޗް 2023 , އަންގާރަ 13:20   183

ދިވެހި ދައުލަތުގެ ދަރަނި ދުވަހަކު ނުދާހާ މައްޗަށް ގޮސްފައިވާއިރު، ދަރަނި މެނޭޖްކޮށް ސަރުކާރުގެ ފައިސާގެކަންކަން އިންތިޒާމުގައި ހުރި ގޮންޖެހުންތައް ގިނަވެފައިވާއިރު، ސަރުކާރުގެ ދަރަނި ރީސްޓްރަކްޗާރު ކުރުމަކީ ރަނގަޅުމަގު ނޫންކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަމީރު މިހެން ވިދާޅުވެފައިމިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ލިޔުމުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އޭނާ އިތުރަށް ވިދާޅުވީ، ދައުލަތުގެ ދަރަނި ރަނގަޅަށް އިންތިޒާމްކުރެވޭނެ އެންމެ ރަނގަޅު މަގަކީ ޚަރަދުތައް ކުޑަކޮށް، ޢާމްދަނީ އިތުރުކުރުންކަމަށެވެ.

ނަމަވެސް، ސަރުކާރުން ޚަރަދުތައް ކުޑަކުރާތަން ނުފެންނާތީ އާއި ޢާމްދަނީ އިތުރުކުރަން މަސައްކަތް ނުކުރާތީ ބައެއް މެމްބަރުން ވަނީ މިނިސްޓަރު އަމީރާއި ސުވާލު އުފައްދަވާފައެވެ. ބައެއް މެމްބަރުން ވިދާޅުވާގޮތުން، ސަރުކާރުން ނަގާހާ ލޯނެއް ޚަރަދުކުރަނީ ބެލުމެއް ޢާމްދަނީ އާއި ވަޞީލަތްތަކަށް ބެލުމެއްނެތި ކަމަށެވެ. އަދި އުފެއްދުންތެރި ހެޔޮގޮތުގައި ލޯނުގެ ގޮތުގައި ހޯދާ ފައިސާ ބޭނުންނުކުރާކަމަށާއި، ފަޅުރަށެއް ކުޑަރަށެއް ބެލުމެއް ނެތި ތާރު އަޅައި ބަނދަރުހަދައި ލާރި ކޮޅު ހުސްކޮށްލައިފިކަމަށެވެ.

އެންމެ ފަހުން މިނޭންސް މިނިސްޓްރީއިން ޢާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ މާލީ ޙާލަތު އޮތީ ވަރަށް ވެސް ނުރައްކާތެރި ފައްތަރެއްގައެވެ. ރާއްޖޭގެ ދަރަނި ވަނީ ޤައުމީ އުފެއްދުންތެރިކަމާއި އަޅާ ބަލާއިރު 118 އިންސައްތަ ފަހަނަޅައިގޮސް ފައެވެ.

ރާއްޖޭގެ މާލީ ޙާލަތާއި ދޭތެރޭ ކަންބޮޑުވާކަމަށް އިޤްތިޞާދީ މާހިރުންގެ އިތުރުން ބައިނަލްޢަޤްވާމީ އިދާރާތަކުން ވެސް ދަނީ ކަންބޮޑުވާކަމަށް ބުނެ ސަމާލުވުމަށް އިންޒާރު ދެމުންނެވެ.

ޓެގްސް: ފިނޭންސް މިނިސްޓްރީ އިގްތިޞާދީ ގޮންޖެހުންތައް ދައުލަތުގެ ދަރަނި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.