ހަމްޒާ ޔޫސުފް އަކީ ޕާކިސްތާން ދަރިކޮޅުގެ މުސްލިމެއް

ހަބަރު

ސްކޮޓްލޭންޑްގެ އެންމެ އިސް މިނިސްޓަރަކަށް މުސްލިމަކު ހޮވައިފި

އަލީ އަޒްޔަން - ޔޫރަޕް | 29 މާރޗް 2023 , ބުދަ 13:42   186

އިނގިރޭސިވިލާތުގެ ބޮޑު ސިޔާސީ ޕާޓީއެއްގެ ފުރަތަމަ މުސްލިމް ލީޑަރު ހުމްޒާ ޔޫސުފްގެ އެޤައުމުގެ އެންމެ އިސް މިނިސްޓަރުކަމާއި ޙަވާލުވެއްޖެއެވެ.

ހަމްޒާ މަޤާމާއި ޙަވާލުވެފައިވަނީ އެޤައުމުގެ ގާނޫނުހަދާ މަޖިލީހުގައި ނެގި ވޯޓަށް ފަހުއެވެ. އޭނާ އަކީ ޕާކިސްތާނު ދަރިކޮޅުގެ މުސްލިމެކެވެ.

އެޤައުމުގެ ޠާރީޚުގައި ވެސް، އަދި މުޅިޔޫރަޕްގައި ވެސް، މިއީ ފަހުން މުސްލިމަކު މިފަދަ މަޤާމަކަށް އަިއި ފުރަތަމަ ފަހަރެވެ.

ސްކޮޓިޝް ނޭޝަނަލް ޕާޓީ (އެސްއެންޕީ)ގެ އާ އަދި އެންމެ ޒުވާން ލީޑަރު، 37، ބުނީ ނަސްލީ މައިނޯރިޓީއެއްގެ ގޮތުގައި އޭނާގެ އަމިއްލަ ތަޖުރިބާގެ މާނައަކީ ހުރިހާ މައިނޯރިޓީއެއްގެ ހައްގުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އިނގިރޭސިވިލާތުގެ ގްލާސްގޯއަށް އުފަން ޔޫސުފް 2011 ވަނަ އަހަރު ސްކޮޓްލޭންޑްގެ ޕާލަމެންޓަށް ފުރަތަމަ އިންތިހާބު ވުމުން އިނގިރޭސި އަދި އުރުދޫ ބަހުން ހުވާ ކުރެއްވި އިރު، އޭގެ ފަހުން ކުރިއަށް ވަޑައިގެންނެވީ ސަރުކާރުގެ ކެބިނެޓުގައި ހިދުމަތް ކުރެއްވި ފުރަތަމަ މުސްލިމަކަށް ވުމަށެވެ.

އެސްއެންޕީގެ މަރުކަޒީ ސިޔާސަތަށް ތާއީދު ހުއްޓިފައި އޮތުމުން ޕާޓީ އެއްބައިވަންތަ ކުރެވޭ ޕޮލިޝް ކޮމިއުނިކޭޓަރެއްގެ ގޮތުގައި އޭނާއަށް ސަޕޯޓަރުން ތައުރީފުލިބިފައިއެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން އާ ރެފިރެންޑަމަކާ ދެކޮޅު ހެދި ނަމަވެސް، އަދި ސުޕްރީމް ކޯޓުގެ ނާކާމިޔާބީއެއް ކުރިމަތިވި ނަމަވެސް، ޔޫސުފް ވަނީ ހޯމަ ދުވަހު ދެއްކެވި ކާމިޔާބީގެ ތަގުރީރުގައި މި ޖީލަށް މިނިވަންކަން ހޯއްދަވައިދެއްވާނެކަމަށް ވައުދުވެފައެވެ.

އަދި، އޭނާގެ އަންހެނުންނާއި މަންމަ ކަރުނަތައް ފޮހެލަމުން ދިޔައިރު، 1960 ގެ އަހަރުތަކުގައި ޕާކިސްތާނުން ސްކޮޓްލޭންޑަށް އައިސް ކިރިޔާ އިނގިރޭސި ބަހުން ވާހަކަ ދެއްކޭވަރުވި، ބައްޕަގެ ފަރާތުން ކާފަ އާއި މާމައަށް ޝުކުރު އަދާކުރިއެވެ.

އެމީހުންގެ ކުރިއަށް އޮތް ކާފަދަރިފުޅު އެމީހުން ބަލާބޮޑުކުރި ވަޒަނުގެ ލީޑަރަކަށް ވާނެ ކަމަކަށް “އެންމެ ދުރު ހުވަފެންތަކުގައި” އެމީހުން ހީވެސް ނުކުރެއެވެ.

ޕާކިސްތާނަށް އުފަން ޔޫސުފްގެ ބައްޕަ ވަނީ އެކައުންޓެންޓެއްގެ ގޮތުގައި ގްލާސްގޯގައި ކާމިޔާބު މަސައްކަތްތަކެއްކުރައްވާފައެވެ. އެސްއެންޕީގެ އާ ލީޑަރުގެ މަންމަ އުފަންވީ ދެކުނު އޭޝިއާގެ އާއިލާއަކަށެވެ.

ޔޫސުފް ކިޔަވަމުން ދިޔައީ ގްލާސްގޯގެ އެކްސްކްލޫސިވް ޕްރައިވެޓް ސްކޫލެއްގަ އެވެ.

ގްލާސްގޯ ޔުނިވާސިޓީން ސިޔާސީ ކަންތައްތައް ކިޔަވާފައިވާއިރު، އެސްއެންޕީގެ ލީޑަރު އަދި ފުރަތަމަ މިނިސްޓަރު އެލެކްސް ސަލްމަންޑްގެ މަގާމުގައި ސްޓަރޖަންގެ ކުރިން ހުންނެވި ސްޓާޖަންގެ އެހީތެރިއަކަށް ވުމުގެ ކުރިން ކޯލް ސެންޓަރެއްގައި މަސައްކަތް ކުރެއްވި އެވެ.

ޔޫސުފް ސްކޮޓްލޭންޑްގެ ކެބިނެޓަށް ވަޑައިގެންނެވީ 2012 ވަނަ އަހަރު، އިންސާފާއި ދަތުރުފަތުރާއި އަދި އެންމެ ފަހުން ސިއްހީ ދާއިރާގެ އެކި މަގާމުތަކުގައި މަސައްކަތް ކުރައްވަމުންނެވެ.

އޭނާ 2010 ވަނަ އަހަރު އެސްއެންޕީގެ ކުރީގެ މަސައްކަތްތެރިޔާ ގޭލް ލިތުގޯއާ ކައިވެނި ކުރި ނަމަވެސް އޭގެ ހަތް އަހަރު ފަހުން ވަރިވި އެވެ.

2021 ވަނަ އަހަރު އޭނާ އާއި އޭނާގެ ދެވަނަ އަނބިކަނބަލުން ނާދިއާ އެލް ނަކްލާ ވަނީ ނާސަރީއެއްގެ އަންހެން ދަރިފުޅަށް އިނުމަށް އިންކާރު ކުރުމުން ނަސްލީ ތަފާތުކުރުންތަކެއް ހިންގާ ކަމަށް ތުހުމަތުކޮށް ގާނޫނީ ޝަކުވާއެއް ހުށަހަޅާފައިވެއެވެ.

އެ ޝަކުވާ އެޑިއުކޭޝަން އިންސްޕެކްޓަރުން ތާއީދުކުރި ނަމަވެސް އެ ދެމަފިރިން މިހާރު ވަނީ އެ ޝަކުވާ ބާތިލްކޮށް، އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

އޭނާ ބުނާ ގޮތުގައި އޭނާ "އަބަދުވެސް ހަނގުރާމަކުރާނީ އެހެން މީހުންގެ ހަމަހަމަ ހައްގުތަކަށް" ކަމަށާއި އަމިއްލަ އީމާންތެރިކަމުގެ މައްޗަށް ބިނާކޮށް ގާނޫނު ހަދާނެ ކަމަށެވެ.

ޓެގްސް: އިނގިރޭސިވިލާތް ސްކޮޓްލޭންޑް އިސްލާމީ ދުނިޔެ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.