އޭޑީބީ އާއިއެކު އެގްރިމެންޓެއްގައި ސޮއިކުރުމަށްފަހި ފިނޭންސް މިނިސްޓަރު އަމީރާއިއެކު ފޮޓޯއަކަށް ހުއްޓިގެން

ހަބަރު

ސަރުކާރުން އަނެއްކާވެސް 41 މިލިއަން ޑޮލަރުގެ ލޯނު ބޭރުގެ އެކި ފަރާތްތަކުން ހޯދައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 29 މާރޗް 2023 , ބުދަ 22:48   179

ސަރުކާރުގެ ކޭޝްފްލޯ މެނޭޖްކުރުމުގައި ސުވާލުތަކެއް އުފެދިފައިވަނިކޮށް ސަރުކާރުން އަނެއްކާވެސް ބޭރުގެ ބައެއް ފަރާތްތަކުން ލޯނުތަނެއް ނަގައިފިއެވެ.

ޖުމްލަ 41 މިލިއަން ޑޮލަރަށް ވުރެގިނަ ފައިސާ ބޭރުގެ ތިން ޖަމާޢަތަކުން ލޯނުގެ ގޮތުގައި ހޯދާފައިވާއިރު، އޭގެތެރެއިން 13 މިލިއަން ޑޮލަރުގެ ލޯނު ނަގާފައިވަނީ އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިންނެވެ. އިތުރު 13 މިލިއަން ޑޮލަރު ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން ނަގާފައިވާއިރު، އިތުރު 5 މިލިއަން ޑޮލަރުގެ ލޯނު ނަގާފައިވަނި ޑިވެލޮޕްމަންޓް ބޭންކް އޮފް އޮސްޓްރިއާ (ޑީބީއޭ) އިންނެވެ.

މިލޯންތަކުގެ އިންޓަރެސްޓް ރޭޓްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ ޢަދަދާއި ލޯނުތައް އަނބުރާ ދައްކަންޖެހޭ މުއްދަތު ސަރުކާރުން ހާމަކޮށްފައި ނުވެއެވެ.

މިފަހަކަށް އައިސް ސަރުކާރުން ނަގާ އެއްވެސް ލޯނެއްގެ ތަފްޞީލްތައް ހާމަކުރަމުން ގޮސްފައިނުވާއިރު، ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން ދަނީ ސަރުކާރުގެ މާލީ ޤާބިލުކަމާއިމެދު ސުވާލު އުފައްދަވައި، މަޖިލީހުގެ ތަޅުމުގައިވެސް ގިނަ ބަހުސްތަކެއް ކުރައްވަމުންނެވެ.

ސަރުކާރުން ބުނެފައިވަނީ މިފަހަރު މިލޯނުތަކުން ނެގޭ ފައިސާގެ ބޮޑު ބައެއް ދޫކުރާނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަމަށެވެ. އެއީ ގާތްގަނޑަކަށް 65 ޕަސެންޓްކަމަށް ވެސް ބުނެފައިވެއެވެ. ނަމަވެސް ބާކީ ފައިސާ ޚަރަދުކުރާނެ ގޮތެއް ބުނެދީފައިނުވެއެވެ.

ސަރުކާރުން ބުނެފައިވަނީ މި ލޯނުތައް ވިޔަފާރިތަކަށް ދޫކުރާނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ކަމަށެވެ.

ސަރުކާރުން ދުކުރާ މިފަދަ ލޯންތަކަށް ކަނޑައަޅާ ޝަރުތުތަކަކީ އެކަށީގެން ނުވާ ޝަރުތުތަކެއްކަމަށާއި، ކޮމާޝަލް ބޮޑު ރޭޓުގައި މިފަދަ އެހީގެ ލޯނުތައް ދޫކުރުމާއި، ވަކި ބަޔަކަށް މަންފާ ލިބޭގޮތަށް ލޯނުތަކުގެ ޝަރުތުތައް ބައްޓަންކޮށްފައި ހުރުމަކީ ގިނަ ބަޔަކު ކުރަމުންދާ ޝަކުވާތަކެކެވެ.

ޓެގްސް: ބީއެމްއެލް އޭޑީބީ ޖައިކާ ލޯން އެއްބަސްވުންތައް އިގްތިޞޯދު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.