ޑަބްލިއުޑީސީ އައްޑޫ އިން އިންތިޒާމްކޮށްގެން ބާއްވާ އިޙްޔާ ޕްރޮގްރާމްގެ ތިންވަނަ ރޭ ފޭދޫސްކޫލް ހޯލުގައި

ހަބަރު

އިޙްޔާ ޕްރޮގްރާމް ފަހުރޭ، ބޮޑެތި އިނާމްތަކާއިއެކު އައްޑޫ ހައިސްކޫލް ހޯލުގައި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 30 މާރޗް 2023 , ބުރާސްފަތި 12:30   393

ޑައިބްލިއުޑީސީ އާއި އައްޑޫ ސިޓީ ކައުންސިލް އަދި ހެޔޮއެދޭ ގިނަ ފަރާތްތަކުގެ އެހީތެރިކަމާއެކު ކުރިއަށްދާ 1444 ވަނަ އަހަރުގެ ރަމަޟާން މަސް އިޙްޔާކުރުމުގެ ޕްރޮގްރާމްގެ ތެރެއިން އެންމެ ފަހު ސެޝަން މިރޭ އައްޑޫ ހައިސްކޫލް ހޯލްގައި އޮންނާނެއެވެ.

އެހެން އަހަރުތަކާއި ޚިލާފަށް އައްޑޫގައި މިފަހަރު ރަމްޟާން މަސް އިޙްޔާކުރުމަށް ބާއްވާ އިޙްޔާ ޕްރޮގްރާމްތައް ވަރަށް ވެސް ފުރިހަމަ ވެފައި އެހާމެ ތަފާތެވެ.

މިހާތަނަށް އައިއިރު އައްޑޫ އެކި ރަށްތަކުގައި ޖުމްލަ 4 ސެޝަނެއް ބާއްވާފައިވެއެވެ. ކޮންމެ ސެޝަނެއްގައި ވެސް ގިނަ ޢިނާމްތަނެއް ބައިވެރިންނަށް ދެވިފައިވާއިރު، ސެޝަންތަކުގައި ޒަމާނީ ވަޞީލަތްތައް ބޭނުންކޮށް، މުޖްތަމަޢުގެ ގިނަ މައްސަލަތަކަށް އަލި އަޅުވާލައި ޕްރެޒެންޓޭޝަންތަކެއް ދީފައިވެއެވެ.

ސެޝަންތަކުގައި ބައިވެރިވި ބައެއް ފަރާތްތަކުން ބުނެފައިވަނީ ސެޝަންތަކާއި ދޭތެރޭ ވަރަށް ހިތްހަމަ ޖެހޭކަމަށާއި، މީހުން އިޖްތިމާޢީ ކަންކަމަށް ހޭލުންތެރިކުރުމަށާއި މިސެޝަންތަކުން ފައިދާކުރާނެކަމަށް ދެކޭކަމަށާއި ގިނަ އަގުހުރި މަޢްލޫމާތުތަކެއް ލިބިގެންގޮސްފައިވާކަމަށެވެ.

ސެޝަންތައް ހިނގަމުންދިޔައިރު ބައިވެރިންނާއި ސުވާޅުކޮށް، ރަނގަޅު ޖަވާބުދޭ ފަރާތްތަކަށް ހަދިޔާ ވެސް ދެމުން ދިޔައެވެ.

މިރޭގެ ފަހު ސެޝަން އާއި ގުޅޭގޮތުން، ޑަބްލިއުޑީސީގެ ފަރާތުން މަޢްލޫމާތު ދެއްވަމުން އެކޮމިޓީގެ ރައީސާ ނުސްރާ ރަޝީދު ވިދާޅުވީ މިރޭގެ ސެޝަނުގައި ކުރީގެ ސެޝަންތަކަށް ވުރެ އަގުހުރި ބޮޑެތި އިނާމްތައް ދެވިގެންދާނެކަމަށެވެ.

މިއީ ޑަބްލިއުޑީސީގެ އިސްނެގުމަކަށް ބާއްވާ އިވެންޓެއް. ޖުމްލަ ފަސް ސެޝަނެއް އަޅުގަނޑުމެން ރާވާފަ އޮތީ. މިރޭ މިއީ ފަހުރޭ. އަޅުގަނޑުމެންގެ ބޮޑު އިނާމުގެ ގޮތުގައި މިފަހަރު މިއޮތީ ޢުމްރާ ދަތުރެއް. މިދަތަރު ދިނުމަށް ބާއްވާ ގުރުޢަތުގައި މިހާތަނަށް އަޅުގަނޑުމެންގެ ހުރިހާ ސެޝަންތަކަށް ވަޑައިގަތް ހުރިހާ އެންމެން ބައިވެރި ކުރާގޮތަށް އޮތީ. ދެން އަދި އެހެނިހެން އަގުހުރި އިނާމްތައް ވެސް ހުންނާނެ. އަދި ޕްރެޒެންޓޭޝަން ދެއްވާ ބޭފުޅުންވެސް ތަފާތު ވާނެ މިރޭ. ވަރަށް ހިތްހަމަ ޖެހޭ ޢާއްމުންގެ ފަރާތުން ލިބެމުންދާ ތަރުޙީބާއި ދޭތެރޭ.

~ ނުސްރާ ރަޝީދު، ޑަބްލިއުޑީސީ އައްޑޫ

މިރޭގެ ސެޝަންގައި ވާހަކަދައްކަވާނީ ޝައިޚް މުޙައްމަދު އަނީލް އާއި ޝައިޚް އިލްޔާސް ޖަމާލުއެވެ. ސެޝަން ފެށޭނީ 9.15 ގައެވެ.

މިލިޔުމާއި ގުޅޭ

އިޖްތިމާޢީ ގުޅުމާއިގުޅޭގޮތުން، ޑަބްލިއުޑީސީ އައްޑޫސިޓީ އިން ރޯދަމަހާއިި ދިމާކޮށް އިޙްޔާ ޕްރޮގްރާމްތަކެއް

ޑަބްލިއުޑީސީ އައްޑޫސިޓީ ރަމަޟާން އިޙްޔާކުރުން 1444 4 ވަނަ ސެޝަން

ރަމްޟާން މަސް އިޙްޔާކުރުން އައްޑޫސިޓީ ފޭދޫގައި

ޓެގްސް: އައްޑޫގައި ބޭއްވޭ އިވެންޓްތައް ޑަބްލިއުޑީސީ ރޯދަމަސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.