ފޭސްބޫކް/ މެޓާ ކުންފުނީގެ ސީއީއޯ އަދި ކޮންޓްރޯލް ކުރާ ހިއްސާދާރު މާކް ޒުކަރބާގް

ޓެކްނޯލޮޖީ

ސެލެބްރިޓީން ކަމަށް ހެދިގެން ކުރާ އިސްތިހާރުތަކާއި ހެދި، އޮސްޓްރޭލިއާ އިން ފޭސްބުކްގެ މައްސަލަ ކޯޓަށް ވައްދައިފި

އަލީ އަޒްޔަން - އެމެރިކާ | 21 މާރޗް 2022 , ހޯމަ 14:31   361

"ފޭކް" ހަޤީގަތާއި ޚިލާފު އިސްތިހާރުތައް މަޝްހޫރު މީހުންގެ ނަމުގައި އެމީހުންކަމަށް ހެދިގެން އިސްތިހާރު ކުރާތީ ފޭސްބުކު ގެ މައި ކުންފުނި މެޓާގެ މައްސަލަ އޮސްޓްރޭލިއާއިން ޤާނޫނީ ފިޔަވަޅު އަޅާ ކޯޓަށް ވައްދައިފި އެވެ.

މި މައްސަލައިގައި މެޓާ އިން އަދި އެއްޗެކޭ ބުނެފައި ނުވިޔަސް، އެ ކުންފުންޏަށް ޖޫރީމާނާ އާއި އެހެނިހެން ދަތިތައް ފެންމަތިވުން ގާތެވެ.

އޮސްޓްރޭލިއާގެ ކޮމްޕެޓިޓިވް އެންޑް ކޮންސިއުމާރ ކަމިޝަން (އޭސީސީސީ) އިން ބުނެފައިވަނީ، ފޭސްބުކްގެ ޓެކްނިކްތައް ބޭނުންކޮށްގެން ބޭނުންވާބަޔަކަށް ޓާގެޓްކޮށް، އޮސްޓްރޭލިއާގެ މަޝްހޫރު ބައެއް ފަރާތްތައް ބުނިކަމަށް ހަދާ ބަސްތައް (ބޯގަސް ކޯޓްތައް) ހިމަނާ އޮޅުވާލުންތައް (ސްކޭމް) ހިންގާ، ކްރިޕްޓޯ ކަރެންސީ (ޑިޖިޓަލް ފައިސާ) ވިއްކަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މި ޖަރީމާތައް ހިންގަން ބޭނުންކޮށްފައިވާ ބައެެއް ނަންތަކުގެ ތެރޭގައި ކުރީގެ ސައުތް ވޭލްސްގެ ރަގްބީ ތަރި މައިކް ބަޔަރޑް އާއި މަޝްހޫރު ޓީވީ ހޯސްޓް ޑޭވިޑް ކޮޗް ގެ އިތުރުން މިލައަނަރު ޑިކް ސްމިތް ހިމެނެއެވެ.

އޭސީސީސީ ގެ ޗެއަރ ރޮޑް ސިމް ހުކުރު ދުވަހު ބުނީ، "އަހަރުމެންގެ މިކޭހުގެ އަސާސަކީ، މެޓާ އިން ޒިންމާ ވާން ޖެހޭނެކަމަށް އެމީހުންގެ ޕްލެޓްފޯމްގައި ޢާއްމުކުރާ މި އިސްތިހާރުތަކަށް". މިމައްސަލަ ފައިލްކުރުމުގައި މިކަން ކުރެވިފައިވަނީ މެޓާ އަށް އެނގިގެން ކަމާއި، އަދި ނިސްބަތްވާ އެތައް ބަޔަކު އެވާހަކަތައް ފެންމަތި ކުރިއިރު ވެސް އެކަމާއި އަޅާ ނުލާ ކަމަށެވެ.

މެޓާ ކުންފުންޏަކީ އިންސްޓަގްރާމް އާއި ވަޓްސްއެޕްގެ ވެސް ވެރިފަރާތެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.