ދުނިޔޭގެ ކޮންމެ 5 ކޮމްޕިއުޓަރުން އެއް ކޮމްޕިއުޓަރުގައި ބޭނުންކުރަނީ ވިންޑޯސް 11

ޓެކްނޯލޮޖީ

ވިންޑޯސް 11 : މައިކްރޯސޮފްޓްގެ ޙަޔާތުގައި އެންމެ ކާމިޔާބު ދަތުރު

އަލީ އަޒްޔަން - ދުނިޔެ | 1 އޭޕުރިލް 2023 , ހޮނިހިރު 21:01   312

ސްޓެޓްކައުންޓަރުގެ އެންމެ ފަހުގެ ޑޭޓާ ނެރެފައިވާއިރު، މާރޗް 2023 ގެ ރިޕޯޓުން ދައްކާ ގޮތުގައި ވިންޑޯޒް 11 ގެ ކުރިއެރުން މެދުނުކެނޑި އަދި ހުއްޓުމެއް ނެތި ދަނީ ކުރިއަށެވެ.

މައިކްރޮސޮފްޓްގެ އެންމެ އާ އޮޕަރޭޓިން ސިސްޓަމް މިހާރު ކޮންމެ ފަސްވަނަ ވިންޑޯޒް ޕީސީއެއްގައި ބޭނުންކުރެއެވެ. އެއީ މާކެޓަށް ބަލާއިރު %21 ގެ މާކެޓެވެ.

2023 ވަނަ އަހަރުގެ މާޗް މަހު ވިންޑޯޒް 11 އަށް 1.81 ޕޮއިންޓް އިތުރުވެ، %19.13 އިން %20.94 އަށް ވަނީ އިތުރުވެފައެވެ. ނަމަވެސް ވިންޑޯޒް 10 ވެސް މައްޗަށް ދިޔައީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު މައިކްރޮސޮފްޓުން ވިންޑޯޒް 7 އަދި 8.1 ހުއްޓާލުމާއި ގުޅިގެންނެވެ. މިހާރު މައިކްރޯސޮފްޓްގެ މުޅި މާކެޓަށް ބަލާއިރު މާކެޓްގެ %73.48 ޙިއްސާއެވެ. މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު 0.17 ޕޮއިންޓް އިތުރު އަދަދެކެވެ.

ކުރިން ބެލެވުނު ގޮތުގައި މައިކްރޮސޮފްޓުން އެކްސްޓެންޑް ސެކިއުރިޓީ އަޕްޑޭޓްސް ޕްރޮގްރާމް (އީއެސްޔޫ) ނިމުނުކަން އިއުލާން ކުރުމުން ވިންޑޯޒް 7 އަދި 8.1 އިން މީހުން ދޫކޮށްލަން އަވަސް ވެގެންފައިވެއެވެ. ވިންޑޯޒް 7 ބޭނުންކުރުން މަޑުޖެހެމުން ދާއިރު، %3.72 ގެ މާކްސް އަށް ވާސިލްވެ، 1.62 ޕޮއިންޓް ގެއްލިފައިވެއެވެ. ވިންޑޯޒް 8.1 ގައި މިހާރު އޮތީ %0.84 ގެ ކުޑަ މިންވަރެކެވެ. މިއީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު 0.3 ޕޮއިންޓް ދަށް އަދަދެކެވެ.

ޓެގްސް: ވިންޑޯސް މައިކްރޯސޮފްޓް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.