މާލޭގެ މަގެއްގައި ދެމީހަކު ހިނގަނީ. 2022 ވަނަ އަހަރު އެކަނިވެސް 2 ޕަސެންޓް މީހުން މާލެއަށް ހިޖުރަކޮށްފައިވޭ.

ހަބަރު

އާބާދީގެ 41 ޕަސެންޓް މާލޭގައި، 2000 ވަނަ އަހަރު ހުރީ 27 އިންސައްތައިގައި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 2 އޭޕުރިލް 2023 , އާދީއްތަ 14:06   249

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހާމަކޮށްފައިވާ އެންމެ ފަހުގެ ބޯހިމެނުމާއި ގުޅޭ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ އާބާދީގެ 41 އިންސައްތަ މީހުން ދިރިއުޅެމުން އަންނަނީ މާލޭގައިކަން ހާމަވެއްޖެއެވެ.

މިހިސާބުތަކަށް ބަލާއިރު، މީގެ ބާވީސް އަހަރު ކުރިން، 2000 ވަނަ އަހަރު، މާލޭގައި ދިރިއުޅެމުން އައީ އާބާދީގެ އެންމެ 27 އިންސައްތައެވެ. އެހެންކަމުން ފާއިތުވެދިޔަ 22 އަހަރުތެރޭގައި އިތުރު 14 ޕަސެންޓް މީހުން މާލެއަށް ހިޖުރަކޮށްފައިވެއެވެ. އަދި 2006 ވަނަ އަހަރު މިނިސްބަތް ހުރީ 35 އިންސައްތައިގައެވެ.

މި ހިސާބުތަކަށް ބަލާއިރު، އަތޮޅުތެރޭގެ ތަރައްޤީ އެކަށީގެންވާގޮތެއްގައި ގެންދެވިފައި ނުވާކަމަށް ކަމާއިގުޅޭ ތަޖުރިބާކާރުން ދެކެވަޑައިގަނެއެވެ.

ސަރުކާރުން ބުނަމުންދަނީ އަތޮޅުތެރޭގެ ތަޢްލީމާއި ތަރައްޤީއަށް ގިނަ ޚަރަދުތަކެއް ކުރަމުންދާކަމަށެވެ.

ޢާއްމު ރައްޔިތުން ބުނަމުންދަނީ ހޮސްޕިޓަލްތަކުގެ ސައިޒު ބޮޑުކުރިއަށް، ޚިދުމަތުން ކުރިއެރުން ފެންނަމުން ނުދާކަމަށެވެ. ފެންވަރު ރަނގަޅު ޑޮކްޓަރުން އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުން ނުފެންނަކަމަށެވެ.

"ހޮސްޕިޓަލްތަކުގައި ތިބީ ހަމަ އެކަނި ނަރުހުން. ޑޮކްޓަރުންނެއް ނެތް. ހަދާ ޓެސްޓްތައް ބަލާނެ ބައެއް ނެތް. ކިޔަވައިދޭނެ ރަނގަޅު ޓީޗަރުންނެއް ނެތް." ޢާއްމުންގެ ތެރެއިން މީހަކު ކިޔައިދިނެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން ބޯހިމެނުމުގެ މަސައްކަތް ފުރިހަމަކޮށްފައިވާއިރު، އަދި ވެސް ހުރިހާ ދާއިރާއެއްގެ ހުރިހާ މަޢްލޫމާތެއް ޢާއްމުކޮށްފައި ނުވެއެވެ.

ޓެގްސް: ބޯހިމެނުން އަދި އާބާދީ ސިއްޙީ ފަރުވާ ތަޢްލީމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.